ތ. ގުރަައިދޫ ފަޅުތެރެއަށް ވެއްޓުނު އުމުރުން ދުވަސްވީ މީހަކު މަރުވެއްޖެއެވެ.

ވަން" އަށް އެނގިފައިވާ ގޮތުގައި ފަޅުތެރެއަށް ވެއްޓި މަރުވެފައިވަނީ އުމުރުން 84 އަހަރުގެ ފިރިހެނެކެވެ. އޭނާ މަރުވެފައިވަނީ ގުރައިދޫ ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާދެމުން ދަނިކޮށް މިރޭ 21:15 ހާއިރެވެ.

ފުލުހުން ބުނީ މިރޭ 8:45 ހާއިރު ގުރައިދޫގައި 84 އަހަރުގެ ދިވެހި ފިރިހެނަކު އެރަށު ޖެޓީއާ ދިމާ ފަޅުތެރެއަށް މޫދަށް ވެއްޓިގެން ހެލްތު ސެންޓަރަށް ގެންގޮސް ފަރުވާދެމުން ދަނިކޮށް ނިޔާވެފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އެމީހާ ބަނދަރަށް ވެއްޓުނީ ކޮން ސަބަބަކާ ހުރެ ކަމެއް އަދި ވަނީ ސާފުވާ ގޮތް ނުވެފައެވެ.

ފުލުހުން އަންނަނީ އެމީހާގެ މަރާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންނެވެ.