ލ. އިސްދޫ ގެޔަކުން ވަގަށް ނެގި ގިނަ އަދަދެއްގެ ފައިސާ ހޯދައި ދެމީހަކު ހައްޔަރު ކޮށްފިއެވެ.
ފުލުހުން ބުނީ، އިސްދޫ ގެޔަކުން ގިނަ އަދަދެއްގެ ފައިސާ ވަގަށް ނަގާފައިވާ ކަމަށް އިއްޔެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، އެ ފައިސާތައް ހޯދުމަށް ފުލުހުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގައި އެހުރިހާ ފައިސާ ހޯދިފައިވާ ކަމަށެވެ.
އިސްދޫ ޕޮލިސް ސްޓޭޝަނާއި، ލ. ގަން ޕޮލިސް ސްޓޭޝަން އަދި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި އެ ފައިސާތައް ހޯދާފައި ވަނީ ރަށުތެރޭގައި ވަޅުލާފައި ހުއްޓައެވެ.
އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން އެ ސަރަހައްދު ބަލައި ފާސްކޮށް 352500 ރުފިޔާ ހޯދާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލައާ ގުޅިގެން 29 އަހަރުގެ މީހަކާއި 38 އަހަރުގެ މީހަކު، ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށް މައްސަލަ ތަހުގީގު ކުރަން ފަށާފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
ވައްކަމާއި ފޭރުން
ވައްކަމާއި ފޭރުން
ވައްކަމާއި ފޭރުން