ޚަބަރު

ފެން ރައްކާކުރާ ތާންގިތަކާއި ޕަމްޕިން ފެސިލިޓީއެއް ހަދަން އެމްޑަބްލިޔުއެސްސީއަށް ހުޅުމާލެއިން ބިމެއް

އަލީ ޔާމިން

ފެން ރައްކާކުރާ ތާންގިތަކާއި ޕަމްޕިން ފެސިލިޓީއެއް ހަދަން އެމްޑަބްލިޔުއެސްސީއަށް ހުޅުމާލެ ދެވަނަ ފިޔަވަހިން ބިމެއް ދީފިއެވެ.

ބިން ކުއްޔަށް ދިނުމުގެ އެއްބަސްވުމުގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި އެމްޑަބްލިޔުއެސްސީއާ ދެމެދު މިއަދު ވަނީ ސޮއިކޮށްފައެވެ.

މި އެއްބަސްވުމުގައި އެމްޑަބްލިޔުއެސްސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހުއެވެ. އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ސުހެއިލް އަހުމަދެވެ.

އެމްޑަބްލިޔުއެސްސީން ބުނީ، ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހަދާ ފެން ރައްކާކުރާ ތާންގިތަކާއި ޕަމްޕިން ފެސިލިޓީގެ ސަބަބުން ހުޅުމާލެ ދެވަނަ ފިޔަވައްސަށް ރައްކާތެރި ނަރުދަމާގެ ނިޒާމެއް ގާއިމުކުރެވިގެންދާނެ ކަމަށެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ފެނާއި ނަރުދަމާގެ ހިދުމަތް ދިނުމުގެ މަޝްރޫއު ވެސް ހަވާލުކޮށްފައިވަނީ އެމްޑަބްލިޔުއެސްސީއާއެވެ. އެ މަޝްރޫއު އެމްޑަބްލިޔުއެސްސީން ކުރިއަށްގެންދަނީ 15 މިލިއަން ޑޮލަރަށް ކަމަށް އެކުންފުނިން ބުނެފައިވެއެވެ.