ގދ. ހޯނޑެއްދޫ މޮނީޓަރިންގެ ހާލަތަށް ގެނެސްފިއެވެ.
މޮނީޓަރިން ހާލަތަށް ގެނެސްފައިވާކަން އެންގުމުގެ ގޮތުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ހޯނޑެއްދޫ ކައުންސިލަށް މިރޭ ފޮނުވި ލިޔުމުގައިވާ ގޮތުން އެރަށް މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ މިރޭ 10:11 ގައެވެ.
އެޗްޕީއޭއިން ބުނީ މޮނީޓަރިންގެ ހާލަތުގައި ރަށް އޮތުމުން، ރަށުގައި މިވަގުތު ތިބި މީހުން އެ އެޖެންސީން އަންގަންދެން ރަށުން ފޭބުމާއި، ހުއްދަ ނެތި އެއްވެސް މީހަކު ރަށަށް އެރުމަކީ މަނާ ކަމެއް ކަމަށެވެ.
ގދ. ހޯނޑެއްދޫ މޮނީޓަރިންގެ ހާލަތަށް ގެނެސްފައި މިވަނީ އެރަށުގައި ހޯމް ކަރަންޓީނުގައި ތިބި އާއިލާއެއްގެ ހަތަރު މެންބަރުން ކޮވިޑް 19 އަށް އިއްޔެ ޕޮޒިޓުވްވުމާ ގުޅިގެންނެވެ.
ހޯނޑެއްދޫން ޕޮޒިޓިވްވެފައިވަނީ ހަ އަހަރާއި 10 އަހަރުގެ ފިރިހެން ދެ ކުދިންނާއި 34 އަހަރުގެ އަންހެނަކާއި 23 އަހަރުގެ ފިރިހެެނެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު