ޅ. ކުރެންދޫގައި ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ އެރަށުގައި ހޯމް ކަރަންޓީނުގައި ހުރި 66 އަހަރުގެ ދިވެއްސަކު މިއަދު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އިތުރު މައުލޫމާތެއް ހާމައެއް ނުކުރެއެވެ.
ކުރެންދޫގެ އިތުރުން މިއަދު ވަނީ ލ. ފޮނަދޫގައި ހޯމް ކަރަންޓީނުގައި ހުރި ބަނގުލަދޭޝްގެ ރައްޔިތަކު ކޮވިޑަށް ޕޮޒިޓިވްވެފައިއެވެ. އެމީހާގެ ސާމްޕަލް ނަގާފައިވަނީ އިއްޔެއެވެ.
ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ފަހަކަށް އައިސް ވަނީ ވަރަށް އިތުރުވެފައެވެ. އެގޮތުން އެޗްޕީއޭއިން ވަނީ އެކަމާ ގުޅިގެން ފިޔަވަޅުތައްވެސް ހަރުކަށިކޮށްފައެވެ.
ފަހަކަށް އައިސް ހޯމް ކަރަންޓީނަށް ރަށްރަށަށް ދާ މީހުން ކޮވިޑަށް ޕޮޒިޓިވްވާ އަދަދު ދަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ. އެކަމާ ގުޅިގެން އެޗްޕީއޭއިން ވަނީ ރަށަށް ކޮންމެހެން ދާންޖެހޭ މީހުން ފިޔަވައި އިތުރު މީހުން ނުފޮނުވަށް ނިންމައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު