ހދ. ހަނިމާދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ތެރެއިން ހަނިމާދޫ ބަނދަރު ފުންކުރުމުގެ 43 ޕަސަންޓް މަސައްކަތް ނިމިފައިވާ ކަމަށް އެމްޓީސީސީން ބުނެފިއެވެ.
އެމްޓީސީސީން މިއަދު ކުރި ޓުވީޓެއްގައި ބުނެފައިވަނީ މިދިޔަ މެއި މަހު މަސައްކަތް ކުރަން ފެށި މި މަޝްރޫއުގެ ޖުމުލަ ގޮތެއްގައި ހުރި މަސައްކަތުގެ 20 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށެވެ.
މި ޕްރޮޖެކްޓަކީ 57.1 މިލިއަން ރުފިޔާއަށް ބަޖެޓުކޮށްފައިވާ މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން 53،522 ކިއުބް މީޓަރަށް ހަނިމާދޫ ބަނދަރު ފުންކުރުމާއި 31،575 މީޓަރަށް ނެރު ފުންކުރުމުގެ މަސައްކަތް ކުރާނެ ކަމަށް އެމްޓީސީސީން ބުނެއެވެ.
މީގެ އިތުރުން މި މަޝްރޫއުގެ ދަށުން ހަނިމާދޫގައި 355 މީޓަރުގެ ބޮޑުހިލަ ބޭރުތޮށި ހެދުން، 270 މީޓަރުގެ އެއްގަމު ތޮށި ހެދުން، ދެ ނެރުބައްތި ޖެހުން، 20 ބަނދަރު ބައްތި ޖެހުން، އެއް ރޭމްޕް ހެދުން، 2583 އަކަމީޓަރުގެ ޕޭވްމެންޓް ހެދުން، 10 މޫރިންގް ބްލޮކް ހެދުން، 90 މީޓަރު ގުރޯއިން ހެދުން އަދި 50 މީޓަރުގެ ރިވެޓްމަންޓް ޖެހުން ހިމެނޭ ކަމަށް އެމްޓީސީސީން މީގެ ކުރިން ބުނެފައިވެއެވެ.
ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާއެކު ހަނިމާދޫ ބަނދަރު ހެދުމުގެ މަޝްރޫއުގައި ސޮއިކޮށްފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު