އައްޑޫ ސިޓީ ކައިރިން ބާރުގަދަ ބިންހެލުމަށް އަތުވެއްޖެއެވެ.

ރާއްޖޭގެ މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ބުނީ ބިންހެލުން އައިސްފައިވަނީ އައްޑޫއާ 492 ކިލޯ މީޓަރު ދުރުން، ޗާގަސް އާކިޕެލަގޯ ސަރަހައްދަށް ކަމަށެވެ. މި ބިންހެލުން އައިސްފައިވަނީ 10 ކިލޯ މީޓަރު އަޑިން 5.8 މެގްނިޓިއުޑްގެ ބާރުމިނުގައި ކަމަށްވެސް މެޓް އޮފީހުން ބުންޏެވެ.

މެޓް އޮފީހުން ބުނީ ބިންހެލުން އައިސްފައިވަނީ ރާއްޖެ ގަޑިން މިރޭ 10:22 ގައި ކަމަށާއި މި ބިންހެލުމުގެ ސަބަބުން ރާއްޖެއަށް އެއްވެސް އަސަރެއް ނުކުރާނެ ކަމަށެވެ.

މިދިޔަ އަހަރު ޖުލައި މަހުވެސް އައްޑޫއާ 588 ކިލޯ މީޓަރު ކައިރިން ބިންހެލުމެއް އައިސްފައިވެއެވެ. އެފަހަރު ބިންހެލުން އައިސްފައިވަނީ 5.6 މެގްނެޓިއުޑްގެ ބާރުމިނުގައެވެ. އެކަމުގެ ސަބަބުން ރާއްޖެއަށް އެއްވެސް އަސަރެއް ނުކުރެއެވެ.