ގައުމީ އެއާލައިން، މޯލްޑިވިއަންގެ ހާއްސަ ފްލައިޓެއް މެލޭޝިއާގެ ވެރިރަށް ކުއަލަ ލަމްޕޫރަށް ބާއްވަން ނިންމައިފި އެވެ.
މޯލްޑިވިއަނުން ބުނީ، އަންނަ މަހުގެ 10 ވަނަ ދުވަހު މެލޭޝިއާއަށް ބާއްވާ އެ ފްލައިޓަށް މިހާރު ޓިކެޓް ވިއްކަން ފަށާފައިވާ ކަމަށެވެ.
އެ ފްލައިޓުގެ އެއްކޮޅު ޓިކެޓެއްގެ އަގަކީ 385 އެމެރިކާ ޑޮލަރު (5936 ދިވެހި ރުފިޔާ) އެވެ.
މެލޭޝިއާގައި ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅެމުން އަންނަ އިރު، ގިނައީ ދިވެހި ކިޔަވާ ދަރިވަރުންނެވެ. އެގޮތުން ކޮވިޑް 19ގެ ހާލަތާ ގުޅިގެން ގިނަ އަދަދެއްގެ ދަރިވަރުން ވަނީ އެނބުރި ރާއްޖެ އައިސްފަ އެވެ.
ކޮވިޑް 19 ފެތުރޭތީ މެލޭޝިއާގެ ބޯޑަރު ބައިނަލްއަގުވާމީ ދަތުރުތަކަށް އަދިވެސް ހުޅުވައެއް ނުލައެވެ. ނަމަވެސް ހާއްސަ ހުއްދައަކާއެކު އެގައުމަށް ބައެއް ގައުމުތަކުން އަންނަނީ ފްލައިޓުތައް ބާއްވަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު