ތިލަފުށީ ބޭރު ކަނޑުމަތިން، މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނިއްޖެ އެވެ.

ފުލުހުން ބުނީ، ތިލަފުށި ބޭރުން ކަނޑުމަތިން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނިފައިވާ ކަމަށް މިއަދު 8:36 އެހާކަންހާއިރު ރިޕޯޓް ކޮށްފައިވާ ކަމަށެވެ. އަދި އެ ހާދިސާއާ ގުޅިގެން ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށް ބުންޏެވެ.

ނަމަވެސް މަރުވެފައި އޮއްވައި ފެނުނު މީހައާ ގުޅޭ އިތުރު ތަފްސީލެއް ނުލިބެ އެވެ.