ކޮވިޑްގެ އާ ވައްތަރެއް އިންޑޮނޭޝިއާ އިން ފެނިއްޖެއެވެ.
އިންޑޮނޭޝިއާގެ އިންސްޓިޓިއުޓް ފޯ މޮލިކިއުލާ ބަޔޮލޮޖީ އިން ހޯދައިފައިވާ ކޮވިޑްގެ އާ ވައްތަރު އަދި ދިރާސާކުރަމުން އަންނަ ކަމަށާއި މިފަހަރު ފެނިފައިވާ ކޮވިޑްގެ އާ ވައްތަރު ނުރައްކާ ވެދާނެކަމަށްވެސް ބުނެފައި ވެއެވެ.
ކޮވިޑްގެ މިއުޓޭޓެޑް ސްޓެއިންއެއް ފެނިފައިވަނީ އިންޑޮނޭޝިއާގައި ނަގާފައިވާ ސާމްޕަލްތައް ދިރާސާކުރުމުގެ ތެރެއިންނެވެ.
ދުނިޔޭގެ ސިއްހަތާ ބެހޭ ޖަމިއްޔާ ޑަބްލިއުއެޗްއޯއިން ވެސް ވަނީ ކޮވިޑްގެ ބާރުގަދަ ބާވަތެއް ދައުރުވަމުންދާކަމަށް ފެބްރުއަރީ މަހު ނެރެފައިވާ ބަޔާނެއްގައި ބުނެފައެވެ. ކޮވިޑްގެ ބާރުގަދަ މިބާވަތް ޔޫރަޕާއި އެމެރިކާގެ އިތުރުން އޭޝިއާގެ ބައެއް ގައުމުތަކުން ވަނީ ފެނިފައެވެ.
އިންޑޮނޭޝިއާގައި ކޮވިޑްގެ ކޭސްތައް އިތުރުވެ ކޮންޓްރޯލުން ނެއްޓިފައިވާއިރު އެގައުމުން ވޭތުވެދިޔަ 24 ގަޑިއިރުތެރޭ އެކަނިވެސް 2858 ކޭސް ފެނިފައި ވެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ