ސެމްސަންގުގެ އެންމެ ފަހުގެ ގެލެކްސީ ނޯޓް20 އަދި ނޯޓް20 އަލްޓްރާ، ވަރަށް ހާއްސަ އޮފާތަކާއެކު ޕްރީ ބުކް ކުރުމަށް އުރީދޫ މޯލްޑިވްސް އިން ހުޅުވާލައިފިއެވެ.
ސެމްސަންގް ގެލެކްސީ ނޯޓްގެ މި އާ ފޯނުތަކަކީ ނިއު ނޯމަލްގެ ހާލަތާ އެކަށޭނަ ގޮތަށް، މަސައްކަތްކުރުމުގައި އަދި މުނިފޫހިފިލުވުމުގައިވެސް ޕަވާ ފޯނެއްގެ ގޮތުގައި ސެމްސަންގުން ވަނީ ސިފަކޮށްފައެވެ.
އުރީދޫން ބުނީ މި ހާއްސަ އޮފާގެ ތެރެއިން ޕްރީ ބުކް ކުރާ އުރީދޫ ކަސްޓަމަރުންނަށް ކޮންމެ ސެމްސަންގް ގެލެކްސީ ނޯޓް20 ސީރީޒްގެ ފޯނަކާއެކު ކޮންމެ މަހަކު 12ޖީބީ ބޯނަސް ޑޭޓާ ހަ މަސް ދުވަހަށް މުޅިން ހިލޭ ލިބިގެންދާނެ ކަމަށާއި މީގެ އިތުރުން ޕްރީ އޯޑާ ކުރާ ކޮންމެ ސެމްސަންގް ގެލެކްސީ ނޯޓް20 އަލްޓްރާއަކާއެކު ގެލެކްސީ ބަޑްސް ލައިވްއެއްވެސް މުޅިން ހިލޭ ލިބިގެންދާނެ ކަމަށެވެ. އަދި ސެމްސަންގް ގެލެކްސީ ނޯޓް20 ސީރީޒްގެ ފޯނެއް ޕްރީ ބުކް ކުރާ އުރީދޫ ކަސްޓަމަރުންނަށް މިހާރު ގެންގުޅޭ ސިމް، އީސިމް އަކަށް އަޕްގްރޭޑްކުރުމުގެ ފުރުސަތުވެސް މުޅިން ހިލޭ ލިބިގެންދާނެ ކަމަށް އުރީދޫން ބުނެއެވެ.
މިއަދު ޕްރީ ބުކް ކުރުމަށް ހުޅުވައިލެވުނު ސެމްސަންގް ގެލެކްސީ ނޯޓް20 ސީރީޒްގެ މި ފޯނުތައް އުރީދޫގެ އީ ކޮމާސް ޕްލެޓްފޯމް މޫލީ މެދުވެރިކޮށް ޕްރީބުކް ކުރުމުން ރާއްޖޭގެ ކޮންމެ ހިސާބަކަށްވެސް މުޅިން ހިލޭ ގެންގޮސްދޭނެ ކަމަށް އުރީދޫން މައުލޫމާތުދެއެވެ.
މޫލީ މެދުވެރިކޮށް ޕްރީބުކް ކުރުމަށް http://ore.do/app އަށް ޒިޔާރަތްކުރުމަށް އުރީދޫން އެދެއެވެ.
އުރީދޫ
އުރީދޫ
އުރީދޫ
އުރީދޫ