ކޮވިޑް 19 އާ ގުޅިގެން ކަރަންޓީންވާން އެންގި މީހަކު، އެ އަމުރާ ހިލާފުވެއްޖެ ނަމަ 5،000 ރުފިޔާ އިން ޖޫރިމަނާ ކުރާ ގޮތަށް އެކަހެރި ކުރުމުގެ މަރުކަޒުތަކާއި ކަރަންޓީނު ކުރުމުގެ މަރުކަޒުތަކާ ބެހޭ ގަވާއިދަށް އިސްލާހު ގެނެސްފިއެެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މިއަދު ވަނީ އެކަހެރި ކުރުމުގެ މަޒުކަޒުތަކާއި ކަރަންޓީނު ކުރުމުގެ މަރުކަޒުތަކާބެހޭ ގަވާއިދަށް ފުރަތަމަ އިސްލާހު ގެނެސް އެ ގަވާއިދު ގެޒެޓް ކޮށްފައެވެ.
އެ ގަވާއިދުގައި ބުނެފައި ވަނީ ކަރަންޓީނު ކުރުމުގެ މަރުކަޒުތަކާއި އެކަހެރިކޮށް ބެހެއްޓުމުގެ މަރުކަޒުތައް ކަނޑައެޅުމުން، ނުވަތަ މީހަކު ނުވަތަ ބަޔަކު ކަރަންޓީނުކޮށްފައި ނުވަތަ އެކަހެރިކޮށްފައި ބަހައްޓައިގެން ފަރުވާދިނުމަށް ހަމަޖެހިފައިވާ އުސޫލުން އެކަން ކުރަން ފެށުމުން، އެކަމަށް އިހުތިރާމްކޮށް އާންމު ސިއްހަތުގެ ނުރައްކާ ކޮންޓްރޯލު ކުރުމަށް ނުވަތަ ގައިން ގަޔަށް އަރާ ބަލި ކޮންޓްރޯލު ކުރުމަށް ކުރެވެމުން އަންނަ މަސައްކަތަށް ކޮންމެ މީހަކު ވެސް އެއްބާރުލުން ދޭންވާނެ ކަމަށެވެ. އަދި އެއްބާރުލުން ދިނުމެއްނެތި ވަކި މީހަކު ނުވަތަ ބަޔަކު ކަރަންޓީނުކޮށްގެން ނުވަތަ އެކަހެރިކޮށްގެން ފަރުވާ ދިނުމަށް ކުރަމުން އަންނަ މަސައްކަތަށް ހުރަސްއަޅައިފިނަމަ ނުވަތަ އާންމު ސިއްހަތު ރައްކާތެރިކުރުމަށް ނުވަތަ ގައިންގަޔަށް އަރާ ބަލިން ރައްކާތެރިކުރުމަށް ކުރެވޭ މަސައްކަތުގައި ގާއިމުކުރެވޭ އެކަހެރިކުރުމުގެ މަރުކަޒެއް ނުވަތަ ކަރަންޓީނުކުރުމުގެ މަރުކަޒެއް ހިންގުމަށް މީހަކު ހުރަސްއަޅައިފިނަމަ އެ ކުރަނީ ކުށެއް ކަމަށް ގަވައިދުގައި ބުނެފައިވެއެވެ.
އެހެންކަމުން އެކަހެރިވުމަށް އަންގައިފައިވާ މީހަކު އެކަހެރިވުމިގެ އަމުރާ ހިލާފުވެއްޖެ ނަމަ 5000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށާއި ކަރަންޓީނުވުމަށް އަންގައިފައިވާ މީހަކު އޭނާއަށް އަންގައިފައިވާ އަމުރާ ހިލާފުވެއްޖެނަމަ ފުރަތަމަ ފަހަރު 2500 ރުފިޔާއިން ދެވަނަ ފަހަރު 3500 ރުފިޔާއިން އަދި ތިންވަނަ ފަހަރުން ފެށިގެން އަމުރާ ހިލާފުވާ ކޮންމެ ފަހަރަކު 5000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށް ގަވައިދުގައި ބުނެފައިވެއެވެ.
ގަވައިދުގައި ބުނީ، އެކަން ތަންފީޒު ކުރާނީ ފުލުހުން ކަމަށެވެ. އަދި ފުލުހުންގެ ހިދުމަތް ނެތް ރަށްރަށުގައި އެ ފިޔަވަޅުތައް އަޅާނީ ކައުންސިލުން ކަމަށްވެސް ބުނެފައިވެއެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު