ރ. އަތޮޅުގައި އޮންނަ އިންޓަކޮންޓިނެންޓަލް މާމުނަގައު ރިސޯޓުން ފުރައިގެން އެ އަތޮޅު ކިނޮޅަހަށް ދަތުރުކުރަމުން ދަނިކޮށް ހަބަރެއް ނުވެގެން ހޯދަމުންދިޔަ ޑިންގީ ކިނޮޅަހަށް ލަފައިފި އެވެ.
މިއަދު ހެނދުނު 10:45 އެހާކަންހާއިރު އެމްއެންޑީއެފަށް ރިޕޯޓްކުރި އެ ހާދިސާގައި ހޯދަމުންދިޔައީ ދެ މީހުންނާއެކު ރ. އަތޮޅުގައި އޮންނަ އިންޓަކޮންޓިނެންޓަލް މާމުނަގައު ރިސޯޓުން ފުރައިގެން ކިނޮޅަހަށް ދަތުރުކުރި 15 ފޫޓުގެ ޑިންގީ އެކެވެ.
އެމްއެންޑީއެފުން ފަހުން ބުނީ، މިއަދު މެންދުރު 12:13 އެހާކަންހާއިރު ޑިންގީ ކިނޮޅަހަށް ލަފާފައިވާ ކަމަށެވެ.
ކިނޮޅަހުގެ ކައުންސިލުގެ ރައީސް އަހުމަދު ހުސެއިން "ވަން" އަށް ވިދާޅުވީ، އެ ޑިންގީގައި ދިޔަ ދެ މީހުންނަކީ އާންމުކޮށް ފަތިހު މަހަށް ނުކުމެ، ހެނދުނު 9:00 ޖަހާކަންހާއިރު ރަށަށް އެނބުރި އަންނަ ބައެއް ކަމަށެވެ. ނަމަވެސް މިއަދު މަހެއް ނުބޭނޭތީ މަޑުކޮށްލައިގެން ތިބީ ކަމަށް އޭނާ ވިދާޅުވި އެވެ.
"ފޯނު ކަވަރޭޖް ވަރަށް ދަށް ކަމަށް ބުނީ. އެހެންވެ ނުގުޅުނީ. ޑިންގީގައި ދިޔައީ މާމުނަގައު އާ ދިމާލަށް. ނަމަވެސް ތިބީ ރަށާ ވަރަށް ކައިރީގައި،" އަހުމަދު ހުސެއިން ވިދާޅުވި އެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު