ވުހާން ސިޓީގެ ހުރިހާ ސްކޫލްތައް އަންނަމަހު އެކަކުން ފެށިގެން ހުޅުވަން ނިންމައިފިއެވެ.
ދުނިޔެއިން ކޮވިޑްގެ އެންމެ ފުރަތަމަ ކޭސް ރެކޯޑް ކޮށްފައިވާ ވުހާންގައި ބަލިން ސަލާމަތް ވުމަށް ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅައިފައެވެ. އެގޮތުން ލޮކްޑައުން ކުރުމަށްފަހު މިހާރު ވަނީ ގިނަ ލުއިތަކެއް ދީފައެވެ.
ވުހާންގައި އަންނަ މަހުގެ އެކަކުން ފެށިގެން 2842 ސްކޫލް ހުޅުވުމަށް ހަމަޖެހިފައިވާއިރު 1.4 މިލިއަން ދަރިވަރުން އަނބުރާ ކިޔެވުމަށް ސްކޫލްތަކަށް ދާނެއެވެ. ގިނަ ސްކޫލްތަކުން މިހާރު ކިޔަވައިދެމުން އަންނަނީ އޮންލައިނކޮށެވެ.
ވުހާން ގެ ކަމާބެހޭ މުއައްސަސާތަކުން ވަނީ ދަރިވަރުން ސްކޫލަށް ދާ ވަގުތުން ފެށިގެން ސްކޫލް ނިމި ގެއަށް ދެވެންދެން މާސްކް އެޅުމަށް އިލްތިމާސް ކޮށްފައެވެ. އާންމު ދަތުރުފަތުރުގެ ހިދުމަތް ބޭނުން ނުކުރުމަށްވެސް ސަރުކާރުން ވަނީ އިލްތިމާސް ކޮށްފައެވެ.
ވުހާންގައި ތައުލީމު ހާސިލުކުރަމުން ގެންދާ ބޭރު ގައުމުތަކުގެ ދަރިވަރުންގެ ތެރެއިން ހުއްދަ ނޯޓިސް ލިބިފައިވާ ދަރިވަރުންނަށް ސްކޫލަށް ދެވޭނެކަމަށް ސަރުކާރުން ނެރެފައިވާ ބަޔާނުގައި ވެއެވެ.
ވުހާން ސިޓީން ކޮވިޑްގެ ކޭސްތައް ފެންނަން ފެށުމާއެކު ޖެނުއަރީ ފަހުކޮޅުން ފެށިގެން އެސިޓީ ވަނީ ދެމަސް ދުވަހުގެ ލޮކްޑައުން އަކަށް ގޮސްފައެވެ. ލޮކްޑައުން އަށް ލުއި ދެމުންގޮސް އޭޕްރީލް އިން ފެށިގެން ވަނީ އެއްކޮށް ލޮކްޑައުން އުވާލައި އާންމު ހާލަތަށް ރުޖޫއަވާން ފަށައިފައެވެ.
ވުހާން ސިޓީ އިން ވަނީ ކޮވިޑްޖެހި 3869 މީހުން މަރުވެފައެވެ. އަދި މެއި މަހުން ފެށިގެން ވުހާން ސިޓީގެ އާންމުންގެ ތެރެއިން ކޮވިޑްގެ އެއްވެސް ކޭހެއް ފެނިފައެއްނުވެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ