ހުސްވި 2019 ވަނަ އަހަރުގެ ޖުލައިމަހު ދައުލަތަށް ލިބުނު އާމްދަނީއަށްވުރެ މި އަހަރުގެ ޖުލައިމަހު ދައުލަތަށް ލިބުނު އާމްދަނީ 78 އިންސައްތަ ދަށަށް ހިނގައްޖެކަމަށް ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން ދައްކައިފިއެވެ.
އެ މިނިސްޓްޓީގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި، ހުސްވި ޖުލައިމަހު ދައުލަތަށް އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި 682.2 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިދިޔަ އަހަރުގެ ޖުލައިމަހު ދައުލަތަށް ލިބުނީ 3.1 ބިލިއަން ރުފިޔާއެވެ.
ތަފްސީލުން ދައްކާގޮތުގައި، ހުސްވި އަހަރުގެ ޖުލައި މަހު ޓެކްސްގެ ގޮތުގައި ދައުލަތަށް 2.2 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ.
ނަމަވެސް މިއަހަރުގެ ޖުލައިމަހު ލިބިފައިވަނީ 589.2 މިލިއަން ރުފިޔާއެވެ. ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ހުސްވި އަހަރުގެ ޖުލައިމަހު 414 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއަހަރުގެ ޖުލައިމަހު ދައުލަތަށް ލިބިފައިވަނީ 87.8 މިލިއަން ރުފިޔާއެވެ.
ދައުލަތުން ކުރި ހަރަދުތަކަށް ބަލާއިރު، ހުސްވި އަހަރުގެ ޖުލައިމަހު 2.2 ބިލިއަން ރުފިޔާ ދައުލަތުން ހަރަދުކޮށްފައިވާއިރު، ހުސްވި ޖުލައި މަހު ދައުލަތުން ހަރަދުކޮށްފައި ވަނީ 2 ބިލިއަން ރުފިޔާއެވެ. މިދިޔަ ޖުލައިމަހު ރިކަރަންޓް ހަރަދަށް 1.3 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު، ކެޕިޓަލް ހަރަދުގެ ޖުމުލައަކީ 705 މިލިއަން ރުފިޔާއެވެ.
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިސަސް
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިސަސް
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިސަސް