ހެންވޭރުގައި އަލިފާން ރޯވި އިމާރާތުގެ ކައިރީގައި ހުރި އިމާރާތްތަކުން މީހުން ހުސްކޮށްފިއެވެ.

އެމްއެންޑީއެފުން ބުނީ އަލިފާން ރޯވި އިމާރާތުގެ ކައިރީގައި ހުރި ގެތަކުން މީހުން އެއްކޮށް ހުސްކޮށްފައިވާ ކަމަށެވެ. އަދި އެ ސަރަހައްދަށް އެއްވެފައި ތިބި އާންމުންވެސް، އެ ސަރަހައްދުން ދުރަށް ދިއުމަށްވެސް އެމްއެންޑީއެފުން ވަނީ އިލްތިމާސްކޮށްފައެވެ.

ހެންވޭރުގައި ހިނގި އެ ހާދިސާގައި އަލިފާން ފުރަތަމަ ރޯވެފައިވަނީ ޓީއޯލޯ ކެފޭގައެވެ. ދެބުރިއަށް ހުންނަ އެ ކެފޭ ވަނީ އެއްކޮށް އަނދައި ހުލިވެފައެވެ. ޖެހިގެން ހުރި ގަދަގޭ މުހައްމަދުފުޅު އިމާރާތުގައިވެސް ވަނީ ވަރަށް ބޮޑަށް އަލިފާން ހިފައިފައެވެ.

އެމްއެންޑީއެފުން ބުނީ އެ ސަރަހައްދުގައި ރޯވި އަލިފާންގަނޑު މިހާރު ކޮންޓްރޯލް ކުރެވިފައިވާ ކަމަށާއި ފަޔާ ޓީމުން އަދިވެސް އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

އެ ސަހަރައްދުގައި އަލިފާން ރޯވާން ސީދާ ދިމާވި ސަބަބު ސާފެއް ނުވެއެވެ. އަދި ރަސްމީ އިދާރާއަކުންވެސް އެކަން އަދި ހާމަކޮށްފައެއް ނުވެއެވެ.