ސިއްހީ ހާލުކޮޅު ތަންނުދޭތީ މަގާމުން އިސްތިއުފާ ދެއްވި ޖަޕާނުގެ ބޮޑުވަޒީރު ޝިންޒޯ އަބޭ އަށް ދުޅަހެޔޮ ސިއްހަތެއް ދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވިދާޅުވެއްްޖެއެވެ.
ދެހާސް ބާރަ ވަނަ އަހަރުން ފެށިގެން ބޮޑުވަޒީރުކަން ކުރައްވަމުން ގެންދެވި އަބޭ، ސިއްހީ ހާލަތު ތަންނުދޭތީ މަގާމުން އިސްތިއުފާ ދެއްވީ މިއަދުގެ ވަގުތެއަގައެވެ.
ރައީސް ސޯލިހް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިދިޔަ އަހަރު ޖަޕާނުގެ ވެރިރަށް ޓޯކިޔޯގައި އަބޭއާ ބައްދަލުކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގެން ކަމަށެވެ. އެމަނިކުފާނަކީ ވަރަށް ގާބިލު ލީޑަރެއް ކަމަށާއި ރާއްޖެއާ ގާތް ގުޅުމެއް ބާއްވަވަން ވަރަށް ބޮޑަށް މަސައްކަތްކުރެއްވި ބޭފުޅެއް ކަމަށެެވެ.
"ދިވެހި ރައްޔިތުންގެ ފަރާތުން އަބޭއަށް ރަނގަޅު ސިއްހަތާއި ކާމިޔާބީއަށް އެދެން" ރައީސް ސޯލިހް ވިދާޅުވިއެވެ.
65 އަހަރުގެ ޝިންޒޯ އަބޭ އަކީ ޖަޕާނުގެ ބޮޑުވަޒީރު ކަމުގައި މިހާތަނަށް އެންމެ ގިނަ ދުވަހު ހިދުމަތް ކުރެއްވި ލީޑަރެވެ. ބޮޑުވަޒީރު ކަމުގައި މިހާރު ގުނަމުން ގެންދަވަނީ އަށްވަނަ އަހަރެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު