ދައުލަތުގެ މާލީ ހަޒާނާ ހުސްވެގެން ދިޔައިރު ރައްޔިތުންނަށް ކުރި އެއްވެސް ފައިދާއެއް ނެތް ކަމަށް ވިދާޅުވެ ކުރީގެ ރައީސް އަދި ޕްރޮގްރެސިވް ކޯލިޝަންގެ އެޑްވައިޒަރު ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.
ޕްރޮގްރެސިވް ކޮންގުރެސް ކޯލިޝަންގެ ޒުވާނުން އިސްނަގައިގެން މިއަދު ހަވީރު ބޭއްވި ސައިކަލު ބުރަށްފަހު ޕީޕީއެމް އޮފީސް ކުރިމަތީ ސައިކަލު ބުރުގައި ބައިވެރިވި ޒުވާނުންނާ ވާހަކަފުޅު ދައްކަވަމުން ރައީސް ވަހީދު ވިދާޅުވީ ސަރުކާރުގެ ނާގާބިލުކަމާއި ސަރުކާރުން ކުރާ ކަންތައްތަކުން ލިބެމުން އަންނަ ގެއްލުންތަކާ ގުޅިގެން ރައްޔިތުން ތިބީ ހިތްހަމަނުޖެހިފައި ކަމަށެވެ. އަދި ރާއްޖެއަށް މިހާތަނަށް ދިމާވި އެންމެ ނުރައްކާތެރި ދަނޑިވަޅުގައި ފެންނަމުންދަނީ ސަރުކާރުން އަދާކުރަންޖެހޭ ވަޒީފާ އާއި ވާޖިބު އަދާ ނުކުރެވޭ މަންޒަރު ކަމަށް ވެސް ވަހީދު ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް މިއަދު މި ފެންނަނީ ރައްޔިތުންނަށްޓަކައި ކުރަންޖެހޭ ކަންކަން ނުކުރެވި ނާގާބިލުވެފައި ތިބި މަންޒަރު. އެހެންވެގެން ޒުވާނުން އެ ނުކުތީ. ޒުވާނުންގެ ވާހަކައަކީ 'އިނަފް އިސް އިނަފް' އޭ. ދެން ރައްޔިތުންނަށް ކެތެއް ނުކުރެވޭނޭ،" ރައީސް ވަހީދު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ދައުލަތުގެ ހަޒާނާ ހުސްވެގެން ދިޔައިރު ރައްޔިތުންނަށް ފައިދާވާ އެއްވެސް ކަމެއް މި ސަރުކާރުން މިހާތަނަށް ކޮށްދީފައިނުވާ ކަމަށެވެ. އަދި
"ރައްޔިތުންގެ ހަޒާނާ ހުސްވެގެންދާ ވަގުތުގައި އެންމެން އެކުގައި ބައިވެރިކޮށްގެން އެބަޖެހޭ މަސައްކަތްތަކެއް ކުރަން، އެތަނެއް ނޫން މިއަދު ފެނިގެން މިދަނީ، ފެނިގެން މިދަނީ ދައުލަތުގެ ހަޒާނާ ހުސްވެގެން ދިޔަތަން، ދައުލަތުގެ ހުރިހާ ފައިސާ ހުސްވެގެން ދިޔަތަން. އޭގެ ސަބަބުން ރައްޔިތުންނަށް އެއްވެސް ފައިދާއެއް ނުވޭ،" ވަހީދު ވިދާޅުވި އެވެ.
ޚަބަރު
ޚަބަރު
ޚަބަރު