އިންޑިއާގެ ހަތް އަހަރުގެ ކުއްޖެއްގެ އަނގައިން 526 ދަތް ނަގައިފިއެވެ.
ޗެންނާއީ އަށް ނިސްބަތްވާ މިކުއްޖާގެ އަނގައިން ދަތް ނެގުމަށް އެސިޓީގެ ސަވީތާ ޑެންޓަލް ކޮލެޖް އެންޑް ހޮސްޕިޓަލުގެ ޑޮކްޓަރުންގެ ހާއްސަ ޓީމަކުން ވަނީ ބޮޑު އޮޕަރޭޝަނެއް ކޮށްފައެވެ.
އެކުއްޖާގެ އުމުރުން ތިން އަހަރުގައިވެސް ދަތްތަކަށް ތަދުވުމުގެ ސަބަބުން ޑޮކްޓަރަށް ދައްކާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. ނަމަވެސް އުމުރުން ހަތް އަހަރު ވީއިރުވެސް ތަދު ނުކެނޑުމުގެ ސަބަބުން ޑޮކްޓަރުން ވަނީ އެކްސްރޭ އަދި ސީޓީ ސްކޭން ހެދުމަށްފަހު ދަތްތައް ނަގަން ނިންމައިފައެެވެ.
މި އޮޕަރޭޝަނުގައި ޖުމުލަ 200 ގުރާމްގެ ބަރުދަން ހުރި އެކި ސައިޒުގެ ދަތް ވަނީ ނަގައިފައެވެ. ޑޮކްޓަރުން ވަނީ ހުރިހާ ދަތްތަކެއްވެސް ފަޅަމުން އަންނަ ކަމަށް ބުނެފައެވެ.
ދަތްތައް ނެގުމަށް ޑޮކްޓަރުންވަނީ ފަސް ގަޑިއިރުގެ އޮޕަރޭޝަނެއް ކޮށްފައެވެ. އޮޕަރޭޝަންގެ ތިން ދުވަސްފަހުން އެކުއްޖާ ވަނީ ހޮސްޕިޓަލުން ދޫކޮށްފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ