ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެން ފަރުވާދޭ މީހުންގެ އަދަދު 180 އަށް އަރައިފިއެވެ.
ފަހަކަށް އައިސް ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދާއެކު ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދޭން ޖެހިފައިވާ މީހުންގެ އަދަދު ވެސް ދަނީ އިތުރުވަމުންނެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާންމުކޮށްފައިވާ ހިސާބުތަކަށް ބަލައިލާ އިރު، ކޮވިޑަށް ޕޮޒިޓިވް 180 މީހަކަށް ހޮސްޕިޓަލުތަކުގައި އަންނަނީ ފަރުވާދެމުންނެވެ. އިއްޔެ އެ އަދަދު އުޅުނީ 162 ގައެވެ. އެހެންކަމުން މިއީ ކޮވިޑްގެ ބަލިމަޑުކަމުގައި އެންމެ ގިނަ ބަޔަކަށް އެޑްމިޓްކޮށްގެން ފަރުވާ ދޭން ޖެހުނު ފުރަތަމަ ފަހަރެވެ.
ކޮވިޑްގެ ބަލި މީހުން އެޑްމިޓް ކުރަމުން އަންނަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގެ އިތުުރުން ދަރުމަވަންތަ ހޮސްޕިޓަލުގައެވެ. ދަރުމަވަންތަ ހޮސްޕިޓަލުގެ ދެ ފްލޯއެއް ވަނީ ކޮވިޑްގެ ފަރުވާއަށް ހާއްސަކޮށްފައެވެ. އެގޮތުން ޑީއެޗް 11 ގައި ފަރުވާދެމުން އަންނަނީ ކޮވިޑްގެ އެންމެ ހާލު ބޮޑު ބަލި މީހުންނަށެވެ. އެ ފްލޯގައި ގާއިމުކޮށްފައިވަނީ އައިސީޔޫއެކެވެ. ޑީއެޗް 16 ގައި ހިންގަމުން އަންނަނީ ކޮވިޑް ޖެހޭ މާބަނޑު މީހުންނަށް ފަރުވާ ދިނުމަށް ހާއްސަކޮށްފައިވާ ސެންޓަރެކެވެ.
ފަރުވާދެމުން އަންނަ މީހުންގެ ތެރެއިން 11 މީހަކަށް މިހާރުވެސް ފަރުވާ ދެމުން އަންނަ އައިސީޔޫގައެވެ. ކޮވިޑް ޖެހިގެން ރާއްޖެއިން މިހާތަނަށް ވަނީ 28 މީހަކު މަރުވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު