ށ. ފީވަކު ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ 55 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށް އެ މަސައްކަތް ކުރަމުން އަންނަ ކުންފުނި، އެމްޓީސީސީން ބުނެފި އެވެ.
މި މަޝްރޫއުގެ ދަށުން 55،163 ކިއުބިކް މީޓަރު ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި 55163 މީޓަރު ސަރަހައްދެއްގެ ބޭރު ތޮށި ލުމާއި 644 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި 182 މީޓަރު ސަރަހައްދެއްގެ ރިވެޓްމަންޓް ޖެހުމާއި 2320 ސްކުއެއާ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހަދައި ނެރު ބައްތި ޖަހައި ރޭމްޕެއް ހެދުމުގެ މަސައްކަތް ހިމެނެ އެވެ.
އެމްޓީސީސީން ބުނީ، އެ މަޝްރޫއުގެ ތެރެއިން ބަނދަރު ފުންކުރުމުގެ މަސައްކަތުގެ 72 ޕަސެންޓް ނިންމައި ބޭރުތޮށިލުމުގެ މަސައްކަތުގެ 97 ޕަސެންޓް މިހާރު ނިމިފައިވާ ކަމަށެވެ. އަދި ރިވެންޓްމަންޓް ޖެހުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް އެ ކުންފުނިން ބުނެ އެވެ.
މި މަޝްރޫއަކީ މިދިޔަ އަހަރުގެ ޖުލައި 2 ވަނަ ދުވަހު އެމްޓީސީސީއާ ހަވާލުކުރި މަޝްރޫއެކެވެ. މި މަޝްރޫއު ނިންމަން ހަވާލުކުރީ 390 ދުވަހުގެ ތެރޭގަ އެވެ.
އެމްޓީސީސީ
އެމްޓީސީސީ
އެމްޓީސީސީ
އެމްޓީސީސީ