އިދިކޮޅުން މިމަހުގެ 25 ވަނަ ދުވަހު ކަނޑުމައްޗަށް ދިޔައީ މުޒާހަރާ ކުރަން ނޫން ކަމަށާއި އެބޭފުޅުން ކަނޑުމައްޗަށް ދިޔައީ މުޒާހަރާއަކަށް ވުރެ ބޮޑަށް މަސްވެރިކަން ކުރުމަށް ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަލުހޫފު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރުމަށް ގޮވައިލައި އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ވަނީ މިމަހުގެ 25 ވަނަ ދުވަހު ކަނޑުމަތީގައި މުޒާހަރާކޮށްފައެވެ. މި މުޒާހަރާގައި އިދިކޮޅު ޕީޕީއެމް އަދި ޕީއެންސީގެ ލީޑަރުން ބައިވެރިވެފައި ވެއެވެ.
ވީޓީވީގެ "ފަސް މަންޒަރު" ޕްރޮގްރާމްގައި ރޭ ވާހަކަދައްކަވަމުން މިނިސްޓަރު މަހުލޫފު ވިދާޅުވީ، މިއީ މުޒާހަރާތައް ބާއްވަން ވީ ވަގުތު ނޫން ކަމަށާއި މިއީ އެންމެން އެކަތިގަނޑަކަށްވެގެން ކޮވިޑުގެ ބަލިމަޑުކަމުން އަރައިގަތުމަށް މަސައްކަތްކުރަން ޖެހޭ ވަގުތު ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ، އިދިކޮޅުން މިމަހުގެ 25 ވަނަ ދުވަހު ކަނޑުމައްޗަށް ދިޔައީ މުޒާހަރާކުރަން ނޫން ކަމަށް މައުލޫމާތު ލިބޭ ކަމަށާއި އެބޭފުޅުން ދިޔައީ މުޒާހަރާއަކަށް ވުރެ ބޮޑަށް މަސްވެރިކަން ކުރުމަށް ކަމަށެވެ.
"އަޅުގަނޑަށް މައުލޫމާތު ލިބުން ގޮތުގައި ބޮޑަށް މުޒާހަރާއަކަށްވުރެ މަސްވެރިކަމަށް ދިޔަކަމަށް ބޮޑަށް މައުލޫމާތު ލިބެނީ." މިނިސްޓަރު މަލުހޫފު ވިދާޅުވިއެވެ.
މީގެ އިތުރުން މިނިސްޓަރު މަހުލޫފު ވިދާޅުވީ އިދިކޮޅުން ކަނޑުމައްޗަށް ގޮސް ކުރީ ފައިދާއެއް ނެތް އަދި ނަތީޖާ ނުފެންނަ މަސައްކަތެއް ކަމަށެވެ.
"ނަތީޖާއެއްވެސް ނުފެނެއެއް ނޫންތޯ؟ ދިޔަކަން އަޑުއެހިން. ބައެއް ފޮޓޯ އެއްޗެހި ނަގައިގެން ފުރައިފިއޭ. މާފުށީ ފަޅުތެރެޔަށް ވަނުމުން އެރަށުގެ މީހުން ހަޅޭ ލަވަނިކޮށް ފެނުނު. އެނޫނިއްޔާ އަޅުގަނޑަކަށް ނުފެނޭ އިތުރުކަމެއް" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު މަހުލޫފު ވިދާޅުވީ، މާފުށީ ކައިރީގައި މުޒާހަރާކުރުމުން މީގެ ކުރީގެ ސަރުކާރުތަކުން ބައެއް މީހުންނަށް ޓެރަރިޒަމްގެ ދައުވާވެސް އުފުލާފައިވާ ކަމަށާއި ނަމަވެސް މި ސަރުކާރުން އެފަދަ ކަމެއް ނުކުރާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.
މިނިސްޓަރު އަހުމަދު މަޙުލޫފް
މިނިސްޓަރު އަހުމަދު މަޙުލޫފް
މިނިސްޓަރު އަހުމަދު މަޙުލޫފް