އިންޑިއާގެ ޕޫނޭގައި ކޮވިޑް ޖެހުނު މީހަކު ވެންޓިލޭޓަރުގެ އެހީގައި ދެމަސް ދުވަހު އޮތުމަށްފަހު ބަލިން ރަނގަޅުވެއްޖެއެވެ.
ދުނިޔޭގައި ތިންވަނައަށް އެންމެ ގިނައިން ކޮވިޑް ޖެހިފައިވާކަމަށް ރިޕޯޓު ކޮށްފައިވާ އިންޑިއާގެ ޕޫނޭގެ ހަޑަޕްސާގެ ނޯބެލް ހޮސްޕިޓަލުގައި ސަންދީޕް ކުމްބާރް ނަމަކަށް ކިޔާ މީހަކު ކޮވިޑަށް ޕޮޒިޓިވް ވެ އުނދަގޫތަކެއް ވާން ފެށުމުން އެޑްމިޓް ކޮށްފައިވަނީ މިދިޔަ ޖޫން މަހުގެ 17 ވަނަ ދުވަހު ކަމަށް ހޮސްޕިޓަލާ ހަވާލާދީ އިންޑިއާގެ މީޑިއާތަކުން ރިޕޯޓު ކޮށްފައި ވެއެވެ.
ސަންދީޕްގެ ހަށިގަނޑުގައި ނިއުމޯނިއާގެ އަސަރު ހުރުމާއެކު ވަނީ އައިސީޔޫގައި ފަރުވާ ދޭން ފަށާފައެވެ.
ސަންދީޕްގެ ހާލަތު ރަނގަޅުވާން ފެށުމުން އެހޮސްޕިޓަލުގެ ޑޮކްޓަރުން ފަހުން ވަނީ އައިސީޔޫ އިން ދޫކޮށް ވޯޑުގައި ވެންޓިލޭޓަރުގެ އެހީގައި ފަރުވާ ދީފައި ކަމަށް ނޫސްތަކުގައި ރިޕޯޓުކޮށްފައި ވެއެވެ.
ސަންދީޕް ވަނީ އޭނާއަށް ވެންޓިލޭޓަރުގެ އެހީގައި ފަރުވާ ދޭން ފެށުމުން، ސަލާމަތްވާނެ ކަމުގެ އުއްމީދު ގެއްލުނު ކަމަށް ބުނެފައެވެ. ނަމަވެސް ޑޮކްޓަރުންނާއި އާއިލާގެ މެންބަރުންގެ އެހީތެރިކަމާއެކު އުއްމީދު އާވެ ހިތްހަމަޖެހުން ލިބެން ފެށިކަމަށް ބުނެފައި ވެއެވެ.
އިންޑިއާގެ ޕޫނޭ އަކީ އެގައުމުގައި އެންމެ ބާރަށް ކޮވިޑް ފެތުރެމުންދާ އެއް ސިޓީއެވެ. އެސިޓީގައި ދުވާލަކަށް ހާހަކަށް ވުރެން ގިނަ ކޮވިޑް ކޭސް ފަހަކަށް އައިސް ފެންނަމުން ދެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ