ގއ. ދެއްވަދޫ ހޯމް ކަރަންޓީންގައި ހުރި ދެ މަހުގެ ކުއްޖަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

ދެއްވަދޫ ކައުންސިލްގެ ނައިބު ރައީސް އިބްރާހިމް ތައުފީގު "ވަން" އަށް ވިދާޅުވީ، އެރަށުން ޕޮޒިޓިވްވީ ދެމަހުގެ އަންހެން ކުއްޖެއް ކަމަށެވެ. އެ ކުއްޖާ ޕޮޒިޓިވްކަން އެނގުނީ ކަރަންޓީނުން ދޫކޮށްލުމަށް ނެގި ރިލީސް ސާމްޕަލުން ކަމަށް އޭނާ ވިދާޅުވި އެވެ.

ތައުފީގު އިތުރަށް ވިދާޅުވީ، އެ ކުއްޖާއާއެކު އެއް ގެއެއްގައި އެ ކުއްޖާގެ މަންމަގެ އިތުރުން އާއިލާގެ ގިނަ މެންބަރުން ކަރަންޓީނުވެގެން ތިބި ކަމަށާއި ނަމަވެސް އެ އެންމެންގެ ނަތީޖާ ނެގެޓިވް ވެފައިވާ ކަމަށެވެ. އަދި ޕޮޒިޓިވްވި ކުއްޖާގެ އެއްވެސް އިތުރު ކޮންޓެކްޓެއް ނުހުންނާނެ ކަމަށް ވިދާޅުވި އެވެ.

ދެއްވަދޫގައި ހޯމް ކަރަންޓީންގައި ހުރި ދެ މަހުގެ ކުއްޖަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާ އިރު، މީގެ ކުރިން ދ. ރިނބުދޫން އެއް މަހުގެ ތުއްތު ކުއްޖަކާއި ކ. ގުޅިން ދެ މަހުގެ ކުއްޖަކު ޕޮޒިޓިވް ވެފައިވެ އެވެ.