ބ. އޭދަފުއްޓާއި ތ، އޮމަދޫ އާއި ފ. ބިލެއްދޫ އާއި ދަރަނބޫދޫ އަދި ކ. މާފުށީގައި ހޯމް ކަރަންޓީނުގައި ތިބި ބަޔަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ އޭދަފުށި ހޯމް ކަރަންޓީނުގައި ހުރި 48 އަހަރުގެ ފިރިހެނަކާއި އޮމަދޫއިން 28 އަހަރުގެ ފިރިހެނަކާއި ދަރަނބޫދޫ އިން އިންޑިއާގެ ރައްޔިތަކާއި ބިލެއްދޫއިން 11 އަހަރުގެ ފިރިހެން ކުއްޖެއްގެ އިތުރުން މާފުށިން 26 އަހަރުގެ އަންހެނަކު މިއަދު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.
ހޯމް ކަރަންޓީނަށް ރަށްރަށަށް ދާ މީހުން ކޮވިޑަށް ޕޮޒިޓިވްވާ އަދަދު ދަނީ އިތުރުވަމުންނެވެ. އެގޮތުން މިއަދު ވަނީ ރެކޯޑް އަދަދަކަށް ހޯމް ކަރަންޓީނުން މީހުން ކޮވިޑަށް ޕޮޒިޓިވްވެފައެވެ.
އެގޮތުން މިއަދު ވަނީ ދުވާފަރު ހޯމް ކަރަންޓީނުގައި ހުރި އުމުރުން 81 އަހަރުގެ ފިރިހެނަކާއި ތިން އަހަރުގެ ފިރިހެން ކުއްޖަކާއި 55 އަހަރުގެ އަންހެނެއް ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އަދި ލ. ގަމުން އަށް އަހަރުގެ ފިރިހެން ކުއްޖަކާއި، ތ. އޮމަދޫ އިން 11 އަހަރާއި ދެ އަހަރުގެ ފިރިހެން ކުއްޖަކާއި ހަތަރު އަހަރުގެ އަންހެން ކުއްޖެއް ވަނީ ޕޮޒިޓިވްވެފައެވެ.
ރ. ކިނޮޅަހުން 53 އަހަރުގެ ފިލިޕިންސް މީހަކާއި ކ. ހިންމަފުށި ރިހެބިލިޓޭޝަން ސެންޓަރުން ދޫކޮށްލުމަށް ސާމްޕަލް ނެގި 32 އަހަރުގެ ފިރިހެނަކާއި 33 އަހަރުގެ ފިރިހެނެއް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އަދި ދ. ރިނބުދޫއިން އެއް މަހުގެ ކުއްޖަކާއެކު ފިރިހެނެކާއި ހަ އަހަރުގެ އަންހެން ކުއްޖަކާއި ދެ އަންހެނުން ވެސް ކޮވިޑަށް ޕޮޒިޓިވްވެފައިވެއެވެ.
މީގެ އިތުރުން އައްޑޫ ސިޓީން ވަނީ މިއަދު ހަތަރު މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އޭގެ ތެރޭގައި 27 އަހަރުގެ ފިރިހެނަކާއި 27 އަހަރުގެ ފިރިހެނެއްގެ އިތުރުން 24 އަހަރުގެ ބަނދުލަދޭޝް ރައްޔިތަކާއި 24 އަހަރުގެ ދިވެހި ފިރިހެނެއްވެސް ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށް އެޗްޕީއޭއިން ބުންޏެވެ.
ކޮވިޑް ކޭސްތައް އިތުރުވަމުންދާއިރު މިއަދު ވަނީ 133 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އޭގެ ތެރޭގައި 103 ދިވެހިން ހިމެނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު