ކޮވިޑު ޖެހުނު އިތުރު މީހަކު މަރުވެ، މި ބަލީގައި ރާއްޖެއިން މަރުވި މީހުންގެ އަދަދު 27 އަށް އަރައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ އައިޖީއެމްއެޗުގެ އީއާރުގައި ފަރުވާ ދެމުންދިޔަ 79 އަހަރުގެ ދިވެހި ފިރިހެނަކު ރޭ ދަންވަރު 2:58 ގައި މަރުވެފައިވާ ކަމަށެވެ.
މިއީ ކޮވިޑް 19ގައި މިހާތަނަށް ރާއްޖޭގައި މަރުވި 27 ވަނަ މީހާ ކަމަށް އެޗްޕީއޭއިން ބުނެއެވެ.
މިހާތަނަށް މި ބަލީގައި މަރުވެފަައިވަނީ 21 ދިވެހިންނާއި ހަ ބިދޭސީންނެވެ. މަރުވި ބިދޭސީންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ ފަސް މީހަކާއި ފިލިޕީންސް މީހެކެވެ.
މިމަހު އެކަނިވެސް ކޮވިޑް ބަލީގައި ޖުމުލަ 11 މީހަކު ވަނީ މަރުވެފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ 10 ދިވެއްސަކާއި ބަންގުލަދޭޝްގެ މީހެކެވެ.
ކޮވިޑްގައި އެންމެ ފުރަތަމަ ރާއްޖެއިން މީހަކު މަރުވީ މިއަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.
ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވި މީހުންގެ ޖުމުލަ އަދަދު ވަނީ 6779 އަށް އަރައިފައެވެ. މިހާރު ބައްޔަށް ފަރުވާ ހޯދަމުން އަންނަ 2531 މީހުންގެ ތެރެއިން 162 މީހަކަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލުތަކުންނެވެ. އަދި މިހާތަނަށް ބަލިން ރަނގަޅުވެފައިވަނީ 4222 މީހެކެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު