ސިޔާސަތު ކަނޑައެޅުމުގައި އެއްވެސް ވަރަކަށް ފެއިލްވެފައިވާ ކަމަށް ގަބޫލުނުކުރާ ކަމަށް ޑރ. އަލީ ލަތީފް ވިދާޅުވެއްޖެއެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަލީ ލަތީފް ވިދާޅުވީ، ކޭސްތައް އިތުރުވަމުން ދަނީ ސިޔާސަތުތައް ކަނޑައެޅުމުގައި އިހުމާލުވެފައިވާތީ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.
"އަޅުގަނޑެއް ގަބޫލެއް ނުކުރަން ސިޔާސަތުތައް ކަނޑައެޅުމުގައި އެއްވެސް ކަހަލަގެ ފެއިލްވުމެއް އޮތް ކަމަކަށް،" ޑރ. އަލީ ލަތީފް ވިދާޅުވިއެވެ.
ޑރ. ލަތީފް ވިދާޅުވީ، ލޮކްޑައުނަށް ލުއިތައް ދިންއިރު ކުރިން ނިންމާފައިވާ ލުއިތަކަށްވުރެ އިތުރު ލުއިތައް ދީފައިވާކަން ގަބޫލު ކުރާ ކަމަށާއި ނަމަވެސް އެއީ ބަލި ފެތުރުމަށް އޮތް ސަބަބެއް ނޫން ކަމަށެވެ.
"އަޅުގަނޑު އަބަދުވެސް ބުނާ ވާހަކައެއް އެއީ ފިޔަވަޅު މާ ބޮޑަށް އަޅައިފިއްޔާވެސް ކަމަކު ނުދާނެއޭ. މާ ބޮޑަށް ލުއިދިނަސް ކަމަކު ނުދާނެއޭ. ކޮވިޑްގެ ތެރޭގައި ކޮންމެ ގޮތަކަށް ހެދިޔަސް އޭގެ ހިތްހަމަ ނުޖެހޭ މީހުން އުޅޭނެއޭ." ޑރ. ލަތީފް ވިދާޅުވިއެވެ.
މީގެ އިތުރުން ޑރ. ލަތީފް ވިދާޅުވީ، ކޭސްތައް އިތުރުވަމުންދަނީ ދީފައިވާ ލުއިތަކާއެކު ރައްޔިތުން ފަރުވާކުޑަކުރުމުން ކަމަށެވެ. އަދި ބައެއް ފަހަރު ރައްޔިތުން ކޮވިޑް ދެކެ ބިރު ނުގަންނަ ހެންވެސް ހީވާ ކަމަށް ވިދާޅުވިއެވެ.
ޑރ. ލަތީފް ވަނީ މިހާރު މިފެންނަ މިންވަރަށް ކޭސްތައް ފެންނަމުންދާނަމަ ބޮޑެތި ފިޔަވަޅުތަކެއް އަޅަން ޖެހިދާނެކަމަށްވެސް ވިދާޅުވެފައެވެ. ނަމަވެސް ކޮވިޑް ކޮންޓްރޯލް ކުރުމަށް މުހިންމީ ފިޔަވަޅުތައް އެޅުން ނޫން ކަމަށާއި ރައްޔިތުންގެ އެއްބާރުލުން ކަމަށް ވިދާޅުވިއެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު