އިންޑިއާގައި ކޮވިޑް ޖެހުނު މީހުންގެ އަދަދު ތިން މިލިއަނަށްވުރެ މައްޗަށް އަރައިފިއެވެ.
އިންޑިއާގައި ކޮވިޑްގެ ކޭސްތައް އިތުރުވެ ކޮންޓްރޯލުން ނައްޓާފައިވާއިރު އެގައުމުގައި ޕޮޒިޓިވް ވި މީހުންގެ އަދަދު ދެ މިލިއަނުން ތިން މިލިއަނަށް އަރާފައިވަނީ އެންމެ 16 ދުވަސްތެރޭގައެވެ.
އިންޑިއާގެ ހެލްތު މިނިސްޓްރީން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު އެގައުމުން ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު ވެސް ވަނީ 56706 އަށް އަރައިފައެވެ.
ވޭތުވެދިޔަ 24 ގަޑިއިރު އެކަނިވެސް އިންޑިއާއިން 70،000 އަށްވުރެ ގިނަ ކޭސް ފެނިފައިވާކަމަށް ރެކޯޑުތަކުން ދައްކައެވެ. އަދި ވޭތުވެދިޔަ 24 ގަޑިއިރުތެރޭ 63.631 މީހުން ވަނީ ބަލިން ފަސޭހަ ވެފައެވެ.
ދުނިޔޭގައި ކޮވިޑް ފެތުރެމުންދާ ގައުމުތަކުގެ ތިންވަނައިގައި އޮތް އިންޑިއާއިން ވަނީ ކޮވިޑުން ރައްކާތެރިވުމަށް ބޮޑެތި ފިޔަވަޅުތަކެއްވެސް އަޅައިފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ