Close
ވަޒީފާއާއި ބެހޭ ގާނޫނު

ކުންފުނިތަކުގެ އެޗްއާރް ހެޑް ހިމެނޭގޮތަށް 60 ޕަސެންޓް ދިވެހިންނަށް ބަދަލުކުރަން ބިލުގައި ހިމަނައިފި

އިބްރާހިމް ޒަކީ

1

ރާއްޖޭގައި، މަސައްކަތް ކުރާ ކުންފުނިތަކުގެ ތެރެއިން 50 އަށްވުރެ ގިނަ މުވައްޒަފުން ވަޒީފާ އަދާކުރާ ކުންފުނިތަކުގެ 60 ޕަސެންޓް ވާން ޖެހޭނީ ދިވެހިނަށް ކަމަށް ވަޒީފާއާބެހޭ ގާނޫނުގެ ބިލުގައި ކަނޑައަޅައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމިޓީ އާއި އިޖްތިމާއީ ކޮމިޓީން ދިރާސާ ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާ މި ބިލުގައި 50 އަށްވުރެ ގިނަ މުވައްޒިފުން ހިމެނޭ ކުންފުނިތަކުގެ އެޗްއާރު ނުވަތަ، މުވައްޒަފުންނާ ބެހޭގޮތުން ހުންނަ އެންމެ އިސްފަރާތެއްގެ ގޮތުގައި ހުންނަން ޖެހޭނީ ދިވެއްސެއް ކަމަށްވެސް ބިލުގައި ވަނީ ކަނޑައަޅައިފައެވެ.

ނަމަވެސް އެގޮތަށް ގާނޫނު ފާސްވި ނަމަވެސް އެ ބަދަލަށް އަމަލު ކުރަން ފަށާނީ ފަސް އަހަރު ފަހުން ކަމަށް ބިލުގައި ވަނީ ހިމަނައިފައެވެ.

އެ އިސްލާހު ބިލުގައި ހިމެނުމަށް ކުރި ބަހުސްގައި އެ ބަދަލަށް އަމަލު ކުރުމުގެ މުއްދަތު ތިން އަހަރަށް ހެދުމަށްވެސް ބައެއް މެންބަރުން ހުށަހެޅުއްވި އެވެ. ނަމަވެސް އެ މުއްދަތު ފަސްް އަހަރަށް ދަންމާލަން ނިންމީ ކުންފުނިތަކުގައި މަަސައްކަތްކުރާނެ އެފަދަ ފަރާތްތައް ހާއްސަކޮށް ރިސޯޓްތަކުގެ ވަޒީފާތަކަށް ދިވެހިން ތަމްރީނުކޮށް މީހުން އުފެއްދުމަށް ވަގުތު ދިނުމުގެ ގޮތުންނެވެ.

ސާވިސްޗާޖަށް 10 ޕަސެންޓަށްވުރެ މަދު ނޫން އަދަދެއް ނެގުމަށް ގާނޫނުގައި ލާޒިމުކޮށްފައި ވެއެވެ. އަދި ހިދުމަތަކަށް ސާވިސް ޗާޖު ނަގާއިރު، އެ ހިދުމަތަކާ މެދު ހިތްހަމަ ނުޖެހިއްޖެ ސާވިސްޗާޖުގެ ގޮތުގައި ކަނޑައަޅާފައިވާ ފައިސާ ދޭން އިންކާރު ކުރުމުގެ ފުރުސަތު ހިދުމަތް ހޯދާ ފަރާތަށް ލިބޭގޮތަށް ވެސް ގާނޫނުގައި ވަނީ ހިމަނައިފަ އެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟