ކ. ގުޅީ ހޯމް ކަރަންޓީނުގައި ހުރި ދެމަހުގެ ތުއްތު ކުއްޖަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.
"ވަން" އަށް މައުލޫމާތުދެއްވަމުން ގުޅީ ކައުންސިލްގެ ނައިބު ރައީސް އަލީ ރަޝީދު ވިދާޅުވީ، ޕޮޒިޓިވްވެފައިވަނީ ހޯމް ކަރަންޓީނުގައި ހުރި ތުއްތު އަންހެން ކުއްޖެއް ކަމަށެވެ.
އެ ކުއްޖާ ޕޮޒިޓިވްކަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންގާފައިވަނީ މިއަދު ކަމަށާއި އެ ކުއްޖާ ޕޮޒިޓިވްވީ ކަރަންޓީންގެ 14 ދުވަސް ފުރިހަމަކުރުމަށްފަހު ނެގުނު ރިލީސް ސާމްޕަލުގެ ނަތީޖާއިން ކަމަށް އޭނާ ވިދާޅުވިއެވެ.
އަލީ ރަޝީދު ވިދާޅުވީ އެ ކުއްޖާގެ ކިބައިން ބަލީގެ އެއްވެސް އަލާމާތެއް ނުފެންނަ ކަމަށެވެ.
އެ ކުއްޖާ ބައްޔަށް ޕޮޒިޓިވްވި އިރު، އޭނާގެ މަންމައާއި އެދެމައިންނާ އެއްގެއެއްގައި ކަރަންޓީންވެގެން ތިބި އެންމެން ބައްޔަށް ނެގެޓިވްވެފައިވާ ކަމަށްވެސް އަލީ ރަޝީދު ވިދާޅުވިއެވެ.
"ވަން"އަށް މައޫލޫމާތުދެއްވަމުން ގުޅީ ހެލްތު ސެންޓަރުގެ ކޮމިޔުނިޓީ ހެލްތު އޮފިސަރު އަބްދުﷲ އިނާޔަތު ވިދާޅުވީ، ޕޮޒިޓިވްވެފައިވަނީ ދެ މަހުގެ ކުއްޖެއް ކަމަށެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު