ނޭފަތްތެރެއަށް ގެއްލުނު ލެގޯ އެތިކޮޅެއް ދެއަހަރު ފަހުން ފެނިއްޖެއެވެ.
ނިއުޒިލެންޑްގެ ހަތް އަހަރުގެ ކުއްޖެއްގެ ނޭފަތުން ލެގޯ އެތިކޮޅު ވެއްޓިފައިވަނީ ކިނބިހި އެޅި ވަގުތު ކަމަށް އެކުއްޖާގެ މަންމަ ވަނީ ބުނެފައެވެ.
ސަމީރު އަންވަރު ނަމަކަށް ކިޔާ އެކުއްޖާގެ ނޭފަތަށް ލެގޯ އެތިކޮޅު ވަދެފައިވަނީ ކުޅެން އުޅުމުގެ ތެރޭގައި 2018 ގައި ކަމަށް އާއިލާގެ ފަރާތުން ވަނީ ބުނެފައެވެ.
ނޭފަތަށް ލެގޯގެ އެތިކޮޅު ވަދެފައިވާކަން އެނގުމާއެކު ހޮސްޕިޓަލަށް ގެންދިޔައެވެ. އެއިރު ހޮސްޕިޓަލުން ވަނީ އެއީ މާބޮޑު ކަމެއް ނޫންކަމަށް ބުނެފައެވެ. އެ އެތިކޮޅު ސަމީރުގެ ހަޖަމްކުރާ ނިޒާމުގެ ތެރެއިން ހަށިގަނޑުން ބޭރުވެދާނެ ކަމަށް ހޮސްޕިޓަލުން ބުނިކަމަށް އާއިލާއިން މީޑިއާއަށް ބުންޏެވެ.
ސަމީރު ބައްޕަ ބުނެފައިވާ ގޮތުގައި އެ ކުއްޖާއަށް އެއްވެސް އުނދަގުލެއް ވެގެން މިދިޔަ ދެ އަހަރު ތެރޭ އުޅެފައެއް ނުވެ އެވެ.
ނޭފަތުގައި ލެގޯ އެތިކޮޅު އޮތްކަން އެނގުމުން ކިނބިހި އަޅަން ބުނީ ސަމީރުގެ މަންމަ ކަމަށް ވެއެވެ. އެ ގޮތުން ކިނބިހި އެޅުމުން އެ އެތިކޮޅު ވެއްޓުނީ އެވެ. ސަމީރު ވަނީ ލެގޯ އެތިކޮޅު ފެނުމުން ހައިރާން ވެ ހަޅޭލަވައިފައެވެ.
ސަމީރުގެ ބައްޕަ ބުނެފައިވާ ގޮތުގައި މި ލެގޯ އެތިކޮޅު ދެ އަހަރު ފަހުން ފެނުމުން ލިބުނީ ހައިރާން ކަމެކެވެ. އެ އެތިކޮޅުގައި އޮތީ ފަންގަސް ޖަހައި ކުލަވެސް ބަދަލުވެފައި ކަމަށް ސަމީރުގެ ބައްޕަ ބުންޏެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ