އިންޑިއާ އިން އިއްޔެ އެކަނިވެސް 64،000 މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައިވާކަމަށް އެގައުމުގެ ހެލްތު މިނިސްޓްރީން ބުނެފިއެވެ.
އިންޑިއާގެ ފެޑެރަލް ހެލްތު މިނިސްޓްރީ އިން ހާމަކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާގޮތުން އެގައުމުން އިއްޔެ ހާހަކަށްވުރެ ގިނަމީހުން ކޮވިޑުގައި މަރުވެފައި ވާ ކަމަށްވެސް ދައްކައެވެ.
ދުނިޔެއިން އެންމެ ގިނައިން ކޮވިޑް ފެތުރޭކަމަށް ރެކޯޑުކުރެވިފައިވާ ގައުމުތަކުގެ ތެރެއިން ތިން ވަނައިގައި ހިމެނޭ އިންޑިއާގެ ބައިބޯ ސަރަހައްދުތަކުގެ އިތުރުން ކުދި ސިޓީތަކުންވެސް ގިނަ ބަޔަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާކަމަށް އެގައުމުން ވަނީ ހާމަކޮށްފައެވެ.
އިންޑިއާގައި ކޮވިޑް ޖެހިފައިވާ މީހުންގެ އަދަދު 2.8 މިލިއަަނަށް ވަނީ އަރައިފައެވެ. މިހާތަނަށް 52،889 މީހުން އެގައުމުން މިބަލީގައި މަރުވެފައި ވެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ