ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ހުސްވެފައިވާ މެންބަރުކަމުގެ މަގާމަށް މެންބަރަކު އައްޔަން ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި، އއ. މަތިވެރި ވެސްޓް ބީޗް މުނައްވަރު އަލީ އާއި ގ.ނޫމަރާވިލާ ޝީރީން ނާހިދާ ލަތީފް ގެ ނަން ދިރާސާ ކުރުމަށްފަހު އެ ދެބޭފުޅުންވެސް އެ ޓްރައިބިއުނަލަށް އައްޔަން ކުރަން ޝަރުތު ފުރިހަމަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ފާސްކޮށްފިއެވެ.
އެ ދެބޭފުޅުންގެ ނަން ދިރާސާ ކުރުމަށްފަހު، ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ޖުޑިޝާރީ ކޮމިޓީން މިއަދު ފޮނުވި ރިޕޯޓްގައި ބުނެފައިވަނީ، އެ ދެބޭފުޅުންގެވެސް ޝަތުރު ފުރިހަމަވާ ކަމަށާއި އޭގެ ތެރެއިން ކޮންމެވެސް އެއްބޭފުޅެއް ޓެކްސް އެޕީލް ޓްރައިބިއުނަލަށް އައްޔަން ކުރުމަށް ރުހުން ދޭން ކޮމިޓީން ފާސްކޮށްފައިވާ ކަމަށެވެ.
ޓެކްސް އެޕީލް ޓްރައިބިއުނަލަކީ ޓެކްސްއާ ގުޅޭ މައްސަލަތައް ބެލުމަށް، ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނުގެ ދަށުން އުފައްދާފައިވާ މުއައްސަސާއެކެވެ.
މި ޓްރައިބިއުނަލް އެކުލެވިގެން ވަނީ ފަސް މެންބަރުންގެ މައްޗަށެވެ. މި ޓްރައިބިއުނަލަށް މެންބަރުން އައްޔަން ކުރަނީ ރައްޔިތުން މަޖިލީހުގެ ރުހުމާއެކު ރައީސުލްޖުމްހޫރިއްޔާއެވެ.
ޓެކްސް އެޕީލް ޓްރައިބިއުނަލް
ޓެކްސް އެޕީލް ޓްރައިބިއުނަލް
ޓެކްސް އެޕީލް ޓްރައިބިއުނަލް