ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވާފައިވާ ފޮތެއް ކަމުގައިވާ "ދެ ރަދުން" މިއަދު ނެރުމަށް ނިންމައިފިއެވެ.
ރައީސް ނަޝީދު ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެމަނިކުފާނުގެ ފޮތް "ދެ ރަދުން" މިއަދު ނެރުމަށް ނިންމާފައިވާ ކަމަށާއި މާލޭގެ ބައެއް ބުކްޝޮޕްތަކުންނާއި ކެފޭތަކުން އެމަނިކުފާނުގެ ސޮޔާއެކު އެ ފޮތް ވަކި ގަޑިތަކެއްގައި ލިބެން ހުންނާނެ ކަމަށެވެ.
އެގޮތުން މިއަދު ހެނދުނު 11:30ގައި ނޮވެލްޓީ ބުކްޝޮޕުން އެ ފޮތް ލިބެން ހުންނާނެ ކަމަށާއި އަދި މެންދުރުފަހު 14:00ގައި މިލިއަން ބުކްޝޮޕުން އެފޮތް ލިބެން ހުންނާނެ ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން، ރައީސް ނަޝީދު ވިދާޅުވީ، މެންދުރުފަހު 14:45 ގައި އަސްރަފީ ބުކްޝޮޕުން އެފޮތް ލިބޭނެ ކަމަށާއި 15:30ގައި ޗާނދަލިޔާ ބުކްޝޮޕުންވެސް އެފޮތް ލިބެން ހުންނާނެ ކަމަށެވެ. އަދި ހަވީރު 16:00 ގައި ރާދަ ބުކްޝޮޕުން އެ ފޮތް އެމަނިކުފާނުގެ ސޮޔާ އެކު ލިބެން ހުންނާނެ ކަމަށް ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ، ގިނަ ބައެއްގެ މަގުބޫލުކަން ލިބިފައިވާ ރެސްޓޯރެންޓެއް ކަމުގައިވާ "ސިޓްރޮން"އިންވެސް އެފޮތް ލިބެން ހުންނާނެ ކަމަށެވެ. އެގޮތުން އެމަނިކުފާނުގެ ސޮޔާއެކު އެ ރެސްޓޯރެންޓުން އެ ފޮތް ލިބެން ހުންނާނީ، ރޭގަނޑު 09:00 ގައި ކަމަށްވެސް ވިދާޅުވިއެވެ.
"ދެ ރަދުން" ފޮތަކީ ރާއްޖޭގެ ތާރީހުން ފާހަގަކުރެވޭ ވަރަށް މުހިންމު ދުވަސްވަރެއްގެ މައްޗަށް ލިޔުއްވާފައިވާ ފޮތެކެވެ. މައިގަނޑު ގޮތެއްގައި މި ފޮތުގައި އަލިއަޅުއްވާލައްވާފައިވަނީ މީލާދުން 1800ގެ އަހަރުތަކުގައި ރާއްޖޭގެ ދާހިލީ ސިޔާސަތުތައް އެނބުރެމުން ދިޔަ ގޮތާއި އެކަމަށް މެދުވެރި ކުރުވި ސަބަބުތަކާއި އެކަންކަމުގެ ސަބަބުން ބައިނަލްއަގްވާމީ މަސްރަހުގައި ދިވެހިރާއްޖޭގެ ސަރުކާރާ އުފެދިގެން ދިޔަ ގުޅުންތަކުގެ މައްޗަށެވެ.
މަޖިލީހުގެ ރައީސް
މަޖިލީހުގެ ރައީސް
މަޖިލީހުގެ ރައީސް
މަޖިލީހުގެ ރައީސް