ޗައިނާގެ ސައިނޯ ފާމްއިން އުފައްދާ ކޮވިޑް ވެކްސިން އަންނަ ޑިސެމްބަރުގައި ބާޒާރަށް ނެރޭނެ ކަމަށް އެކުންފުނިން ބުނެފިއެވެ.
ޗައިނާގެ މަޝްހޫރު ފާމަސޫޓިކަލް ކުންފުނި ސައިނޯ ފާމް އިން ބުނީ އެކުންފުނިން އުފައްދާ ކޮވިޑްގެ ވެކްސިންގެ ދެ ޑޯޒް ވިއްކުމަށް ހަމަޖެހިފައިވަނީ 144 އެމެރިކާ ޑޮލަރަށް ކަމަށެވެ.
ސައިނޯފާމް އިން ވަނީ ވެކްސިންގެ ތިންވަނަ ޓެސްޓު މަރުހަލާ ނިމުމާއެކު މާކެޓު ކުރާނެ ގޮތްތައް ކަނޑައަޅާނެ ކަމަށާއި ޗައިނާގެ ބޮޑު ސަރަހައްދަކަށް ފޯރުކޮށްދޭނެ ކަމަށް އެކުންފުނިން ބުނެއެވެ.
އެކުންފުނިން ނެރެފައިވާ ބަޔާނެއްގައިވާގޮތުން ވެކްސިންގެ އެއްޝޮޓު ޖެހި ނަމަވެސް އެންޓިބޮޑީ އުފައްދައި ރައްކާތެރިކަމުގެ 97 ޕަސެންޓު ޔަގީން ވާނެއެވެ. އަދި ފުރަތަމަ ޝޮޓު ނެގުމަށްފަހު 28 ދުވަސް ފަހުން އަނެއް ޝޮޓު ނަގަން ޖެހޭނެ ކަމަށް އެކުންފުނިން ބުންޏެވެ.
ދުނިޔޭގެ އެކި ގައުމުތަކުގައި ކޮވިޑަށް ވެކްސިނެއް ހޯދުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ރަޝިޔާއިން ވަނީ ދާދި ފަހުން ވެކްސިން އުފައްދައި އާންމުންގެ ތެރޭ ބޭނުންކުރަން ފަށައިފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ