އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް ވަގުތުން ވަގުތަށް އިސްތިއުފާ ދެއްވުމަށް، ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބުދުﷲ ޖާބިރު ގޮވާލައްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގަވަރުނަރުގެ އިސްތިއުފާއަަށް ޖާބިރު ގޮވައިލެއްވީ، ޑޮލަރުގެ އަގު މައްޗަށް ދާ މައްސަލައާއި، ރާއްްޖޭގެ އިގްސާދީ މައްސަލަތަކާއި ކޮރަޕްޝަންގެ މައްސަލަތަކާ ބެހޭގޮތުން ވާހަކަ ދައްކަވަމުންނެވެ.
އެގޮތުން މިއަދު 20 ރުފިޔާއަށްވެސް ޑޮލަރު ގަންނަން ނުލިބޭ ކަމަށާއި ނަަމަވެސް އިންޑިއާއިން 250 މިލިޔަން ޑޮލަރު ގެނެސް އެކި ނަންނަމުގައި ކުންފުނިތަކަށް ބަހައި ސަރުކާރުގެ އިސްވެރިން ވައްކަން ކުރަމުންދާ ކަމަށް ޖާބިރު ތުހުމަތު ކުރެއްވިއެވެ.
ޖާބިރު ވިދާޅުވީ އޮޑިޓް ރިޕޯޓްގައި ކޮރަޕްޝަނާ ބެހޭ އެތައް ކަމެއް ފާހަގަކޮށްފައި ވުމަކީ، ސަރުކާރުގެ އެޑްމިނިސްޓްރޭޓިވް ފައިނޭންޝަލް އޮޕަރޭޝަންސް ރަނގަޅު ނޫންކަށް އަންގައިދޭ ކަމެއް ކަމަށާއި ހިންގުމުގެ ގާބިލުކަން ނެތްކަން އަންގައިދޭ ކަމެއް ކަމަށެވެ.
ކޮވިޑް 19 ގެ ނަމުގައި ލޮކްޑައުންކޮށް ވަޒީރުން ވައްކަން ކުރަމްންދާ ކަމަށް ޖާބިރު ތުހުމަތު ކުރެއްވިއެވެ.
މިކަންކަން ރައްޔިތުންނަށް އަނގައިދިނުމަށް އެމްއެމްއޭ ސަރަހައްދަށް މިއަދު ވަޑައިގަންނަވާނެ ކަމަށް ވެސް ޖާބިރު ވިދާޅުވިއެވެ.
ކާށީދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު
ކާށީދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު