ހައި ކޯޓުގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާން މަގާމުން ވަކި ކުރުމުގެ މައްސަލަ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވައިފިއެވެ.
އޭނާ މަގާމުން ވަކި ކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމައި އެކަމާ ބެހޭގޮތުން ގޮތެއް ނިންމުމަށް ޖޭއެއްސީން އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވުމުން، ޖޭއެސްސީގެ ނިންމުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އިއްވުމުން އެ މައްސަލަ ޖުޑިޝަރީ ކޮމިޓީއަށް ފޮނުއްވިކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވިއެވެ.
ފަނޑިޔާރު ޝުޖާއު ވަކިކުރުގެ މައްސަލަ ކޮމިޓީއަށް ފޮނުވިއިރު، އޭނާ މިހާރުވެސް ހުންނެވީ ދެ މަސް ދުވަހުގެ ސަސްޕެންޝަނެއްގައެވެ. ޖޭއެސްސީން އޭނާ ސަސްޕެންޑް ކޮށްފައިވަނީ މިދިޔަ މަހުގެ 22 ވަނަ ދުވަހުއެވެ.
ޝުޖާއު މަގާމުން ވަކިކުރަން ޖޭއެސްސީން ނިންމީ 2018 ވަނަ އަހަރު ރާއްޖޭގައި ބޭއްވި ރިޔާސީ އިންތިހާބުގެ ކެމްޕެއިން ތެރޭގައި ގއ. ގެމަނަފުއްޓަށް ނުރަސްމީ ދަތުރެއް ކުރައްވައި ރިޔާސީ ކެންޑިޑޭޓަކަށް ވޯޓު ހޯއްދެވުމަށް މަސައްކަތްކުރެއްވި މައްސަލަ އާއި ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން ބަންދުކޮށްފައި ހުރި މީހެއްގެ އާއިލާގެ މީހުންނާ ބައްދަލުކުރައްވައި، އެމީހުންގެ ވޯޓު ލިބިއްޖެ ކަމުގައިވާނަމަ ބަންދުގައި ހުރި މީހާ މިނިވަން ކުރައްވާނެކަމަށް މަޝްވަރާކުރައްވައިފައިވާ ކަމަށް ހުށަހެޅި މައްސަލައެއް ދިރާސާ ކުރުމަށްފަހުގައެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން
ޖުޑީޝަލް ސާވިސް ކޮމިޝަން
ޖުޑީޝަލް ސާވިސް ކޮމިޝަން
ޖުޑީޝަލް ސާވިސް ކޮމިޝަން