ހދ. ކުރިނބި ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ) އިން ބުނީ ކުރިނބި ހޯމް ކަރަންޓީނުގައި ހުރި އުމުރުން 42 އަހަރުގެ ފިރިހެނެއްގެ ރިލީސް ސާމްޕަލް ޕޮޒިޓިވްވެފައިވާ ކަމަށެވެ.
ފަހަކަށް އައިސް ރަށްރަށުން ވެސް ޕޮޒިޓިވްވާ މީހުން އިތުރުވާކަން ފާހަގަކުރެވެއެވެ. އޭގެ ތެރެއިން ގިނަ މީހުންނަކީ މާލެއިން ގޮސް، ރަށްރަށުގައި ހޯމް ކަރަންޓީނު ފުރިހަމަކުރަމުން އަންނަ މީހުންނެވެ.
މި ހަފުތާ ތެރޭގައި ވެސް އައްޑޫ ސިޓީ، ބ. ކަމަދޫ، ރ. މީދޫ އަދި ކ. ތުލުސްދޫގައި ހޯމް ކަރަންޓީނު ފުރިހަމަކުރަމުންދިޔަ ބަޔަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އޭގެ ތެރެއިން ގިނަ ކޭސްތަކެއް ފެނިފައިވަނީ އައްޑޫ އިންނެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު