ޗައިނާއަށް އެތެރެކުރި ކުކުޅު މަހާއި ޝްރިމްޕްތަކެއް ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.
ޗައިނާގެ ދެ ސިޓީއަކަށް އެތެރެކުރި، ބަންދުކޮށްފައިވާ ފިނިކުރި ޕެކޭޖްތަކަކުން ނަގައިފައިވާ ސާމްޕަލްތަކަކުން ވަނީ ކޮވިޑް ވައިރަހުގެ އަސަރު ފެނިފައެވެ.
ޗައިނާގެ އޮފިޝަލުން ވަނީ އެގައުމުގެ ޝެންޒަން ސިޓީއަށް ބްރެޒިލް އިން އެތެރެކޮށްފައިވާ ކުކުޅު މަހުގެ ސާމްޕަލްގެ އިތުރުން އީކުއެޑޯއިން ޗައިނާގެ ޒިއާން ސިޓީއަށް އެތެރެކޮށްފައިވާ ޝްރިމްޕުގެ ސާމްޕަލް ޓެސްޓުކޮށްފައިވާކަމަށް ބުނެފައެވެ.
ޗައިނާއިން ވަނީ އެގައުމަށް އެތެރެކުރާ ހުރިހާ މުދަލެއް ސްކްރީން ކޮށްގެން ނޫނީ އެތެރެ ނުކުރެވޭ ގޮތަށް ހަދައިފައެވެ. އެގައުމުގެ އޮފިޝަލުން ވަނީ މި ޕެކޭޖުތަކާ ކޮންޓެކްޓް ވެފައިވާ އެންމެންވެސް ޓެސްޓު ކުރާނެ ކަމަށް ބުނެފައެވެ.
ބްރެޒިލްގެ އިތުރުން އިކުއެޑޯއިން ވަނީ ވައިރަހުގެ އަސަރު އެ ޕެކޭޖުތަކަށް ކުރިގޮތް ހޯދުމުގެ ތަހުގީގުތައް ފަށައިފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ