ކޮވިޑްގެ ދޮގު މައުލޫމާތު ފެތުރުމުގެ ސަބަބުން ދުނިޔެއިން އެތައް ސަތޭކަ މީހުން މަރުވެއްޖެކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

އެމެރިކާގެ ޓްރޮޕިކަލް މެޑިސިން އެންޑް ހައިޖިން އިން ނެރެފައިވާ ރި÷ޯޓަކުން ދައްކާގޮތުން ދުނިޔޭގެ އެކި ކަންކޮޅުތަކުން ކޮވިޑާ ގުޅިގެން ފެތުރިފައިވާ ދޮގު މައުލޫމާތުތަކުގެ ސަބަބުން މިއަހަރުގެ ފުރަތަމަ ތިން މަސްދުބަހުގެ ތެރޭގައި 5800 އަށް ވުރެން ގިނަ މީހުން ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި ވެއެވެ.

މިދިރާސާއިން ފެނިފައިވާ ގޮތުގައި 800 އެއްހާ މީހުން އެކި ފާޑުގެ ކެމިކަލް ބޮއެގެން މަރުވެފައިވާކަމަށް ވަނީ ފާހަގަ ވެފައެވެ. ދިރާސާއިން ވަނީ ދޮގު މައުލޫމާތު ފެތުރުމުގެ ތެރޭގައި މިފަދަ ކެމިކަލް ތަކަކީ ރައްކާތެރި އަދި ކޮވިޑާ ދެކޮޅަށް ބޭނުން ކުރެވޭނެ ފަރުވާއެއްކަމަށް އެމީހުންނަށް މައުލޫމާތު ލިބިގެން އެ ބޭނުންކޮށްފައިވާކަން ފާހަގަ ކުރެވިފައެވެ.

ދުނިޔޭގެ ސިއްހަތާ ބެހޭ ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން މީގެ ކުރިން ވަނީ ކޮވިޑާ ގުޅޭ ދޮގު މައުލޫމާތު ކޮވިޑް ވައިރަސްއަށް ވުރެ ބާރަށް ފެތުރެމުންދާކަން ފާހަގަކުރެވިފައިވާކަން ފާހަގަކޮށްފައެވެ.