ކޮވިޑާ ގުޅޭ ސައްހަ ނޫން މައުލޫމާތު ދައުރުކުރަމުންދާތީ ސަމާލުވާން އިލްތިމާސްކޮށްފިއެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ، މި ފަހަކަށް އައިސް ކޮވިޑާ ގުޅޭ ސައްހަ ނޫން މައުލޫމާތު މީސްމީޑިއާގެ އެކި މަންސަތަކުގައި ދައުރުކުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެހެންކަމުން އެފަދަ މައުލޫމާތު ދައުރުނުކުރުމަށް އޭނާ ވަނީ އިލްތިމާސްކުރައްވައިފައެވެ.
"ސޯޝަލް މީޑިއާގައި އަދި އެހެނިހެން ޕްލެޓްފޯމްތަކުގައި ކޮވިޑް ބައްޔާ ގުޅޭ އެކި ކަހަލަ ނުރަނގަޅު މައުލޫމާތު ދައުރުވަމުންދާކަން ފާހަގަ ކުރެވޭ. ކުރިންވެސް އަޅުގަނޑުމެން ފާހަގަކޮށްފައިވާނީ އާންމު ރައްޔިތުން ކޮވިޑާ ގުޅޭ މައުލޫމާތު ހިއްސާކުރާއިރު، ކޮންމެވެސް ވަރަކަށް ބައްލަވާލައްވާފައި އެއީ ރަނގަޅު މަސްދަރެއްތޯ ބެލުމެއް ނެތި ޝެއާ ނުކުރައްވަން،" ޑރ. ނަޒްލާ ވިދާޅުވިއެވެ.
މީގެ އިތުރުން ޑރ. ނަޒްލާ ވިދާޅުވީ، ކޮވިޑާ ގުޅޭ ސައްހަ މައުލޫމާތު އެޗްއީއޯސީ އާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ފޯރުކޮށްދޭނެ ކަމަށެވެ.
ޑރ. ނަޒްލާ ވަނީ ކޮވިޑާ ގުޅޭގޮތުން ދައުރުކުރަމުންދާ ހަގީގަތާ ހިލާފު ވާހަކަތަކަށް ސަމާލުވުމަށް ރައްޔިތުންނަށް އިލްތިމާސްކޮށްފައެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު