Close
ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު

މަރުކޮމިޝަނަށް ކުރެވުނު ހަމައެކަނި ކަމަކީ ހުސްނުއްސުއޫދަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަން ހޯދައިދިނުން: ޑރ. ޝަހީމް

މަރިޔަމް ޝަހުދާ

މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރާ ކޮމިޝަނަށް ކުރެވުނު ހަމައެކަނި ކަމަކީ ފަނޑިޔާރު ހުސްނުއްސުއޫދަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަން ހޯދައިދިނުން ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޑރ. ޝަހީމް މިހެން ވިދާޅުވީ ރޭ ކުރެއްވި ޓުވީޓެއްގައެވެ.

އެގޮތުން މަރު ކޮމިޝަނަކީ ފެއިލްވެފައިވާ ތަނެއް ކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ. މަރު ކޮމިޝަނަށް ކުރެވުނު ހަމައެކަނި ކަމަކީ ސުއޫދަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަން ހޯދައި ދިނުން ކަމަށާއި އިތުރު އެހެން ކަމެއް ނުކުރެވޭ ކަމަށް ޑރ. ޝަހީމް ތުހުމަތު ކުރެއްވިއެވެ.

ޑރ. ޝަހީމް ވަނީ މަރު ކޮމިޝަނަށް ކަމެއް ކުރެވޭނަމަ ރާއްޖޭގައި ހިންގާ ކަމަށް ބުނި އަލްގައިދާގެ ފިހާރަތައް ދެއްކުމަށްވެސް ގޮވާލައްވައިފައެވެ.

މީގެ ކުރިންވެސް ޑރ. ޝަހީމް ވަނީ ސުއޫދަށް ފާޑު ވިދާޅުވެފައެވެ. އެގޮތުން މަރު ކޮމިޝަނުގެ ރައީސް ކަމުގައި ހުންނަވައިގެން ސުއޫދު ކުޅުއްވީ ސިޔާސީ ކުޅިގަނޑެއް ކަމަށް ވިދާޅުވެ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ސުއޫދު ވަކިކުރަން ޖެހޭނެ ކަމަށް ވިދާޅުވެފައި ވެއެވެ.