މަސްޖިދުއްސުލްތާން މުހައްމަދު ޝަމްސުއްދީން ނުވަތަ ބަންޑާރަ މިސްކިތް ހުރިތަނުގައި އާ މިސްކިތެއް އެޅުމާމެދު ފުޅާދާއިރާއެއްގައި މަޝްވަރާކުރައްވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް ވިދާޅުވެއްޖެ އެވެ.
އެ މިސްޖިތް ހުރިތަނުގައި އެހެން މިސްކިތެއް އަޅާނެކަން އިއުލާނުކުުރުމާއެކު ގިނަ ބަޔަކުވަނީ ސޯޝަލްމީޑިއާގައި އެކަމަށް ފާޑުކިޔާފަ އެވެ. އެ ފާޑުކިޔުންތަކަށް ޝަހީމް އެންމެ ފުރަތަމަ ވަނީ ރައްދު ދެއްވައި، މިސްކިތް އަޅަން ނިންމި ނިންމުން ދިފާއުކޮށް ވާހަކަ ދައްކަވާފަ އެވެ.
އެގޮތުން ޝަހީމްވަނީ ތަނަކަށް 100 އަހަރުވުމަކީ، ހުރި ގޮތަށް ބަހައްޓަން ޖެހޭ ސަބަބެއް ނޫން ކަމަށާއި ބަންޑާރަ މިސްކިތަކީ ރާއްޖޭގެ އާސާރީ މިސްކިތްތަކުގެ ލިސްޓުގައި ހިމެނޭ މިސްކިތެއް ވެސް ނޫން ކަމަށް ވިދާޅުވި އެވެ. އަދި ރާއްޖެއަށް ވިޔަފާރި ކުރަން އައި އިންޑިއާގެ ވޯރާ ވިޔަފާރިވެރިން އެޅި އެ މިސްކިތަކީ ތާރީހީ ތަނަކަށް ވާން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށާއި އެތަން މިހާރު ހުރީ ވެސް ބުމްބާ ވިޔަފާރިވެރިން އެޅި ގޮތަކަށް ނޫން ކަމަށް ވެސް ވިދާޅުވެ ނިންމުން ދިފާއުކުރައްވާފައިވެ އެވެ.
ނަމަވެސް ރޭ ފަހުން ކުރެއްވި ޕޯސްޓެއްގައިވަނީ އެ މިނިސްޓްރީން ކަންތައްތައް ކުރާނީ ރައްޔިތުންގެ އަޑުއަހައިގެން ކަމަށް ވިދާޅުވެފަ އެވެ.
"ބަންޑާރަ މިސްކިތަކީ ރާއްޖޭގެ އާސާރީ ތަރިކައިގެ މިސްކިތްތަކުގެ ތެރޭގައި ހިމަނާފަ އޮންނަ މިސްކިތެއްނޫންވީމާ އެތަނުގައި ބޮޑު މިސްކިތެއް ބިނާކުރަން ގަސްތުކުރީ. މިނިސްޓްރީން ކަންކަން ކުރާނީ ރައްޔިތުންގެ އަޑުއަހާފަ. އެއާ އެއްގޮތަށް. އާ މިސްކިތެއް ބިނާކުރުމާމެދު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރާން ބޭނުން." ޝަހީމް ވިދާޅުވެފައިވެ އެވެ.
އާއިޝަތު މާހާ
ބޭރު ކުޅިވަރު
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު