އިންޑިއާގެ ކުރީގެ ރައީސް ޕްރަނާބް މުކަރްޖީ އަށް ވެންޓިލޭޓަރުގެ އެހީގައި ފަރުވާދޭން ފަށައިފިއެވެ.

ސިކުނޑީގެ އޮޕަރޭޝަނަކަށް ހޮސްޕިޓަލުގައި އެޑްމިޓްކުރުމަށްފަހު ހެދި ޓެސްޓުން ޕްރަނާބް މުކަރްޖީ ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެެވެ.

އުމުރުފުޅުން 84 އަހަރުގެ ޕްރަނާބްގެ ސިކުނޑީގެ ހާއްސަ އޮޕަރޭޝަނެއް ކާމިޔާބު ކަމާއެކު ކޮށްފައިވާކަމަށް ރިޕޯޓުތަކުން ބުނެއެވެ. ނަމަވެސް ޕްރަނާބްގެ ހާލުކޮޅު ގޯސް ވެ ވެންޓިލޭޓަރުގެ އެހީގައި ފަރުވާދޭން ފަށައިފައިވާ ކަަމަށް އެގައުމުގެ މީޑިއާތަކުން ބުނެއެވެ.

އިންޑިއާގެ ރައީސްކަން 2012 އިން 2017 އަށް ކުރެއްވި ޕްރަނާބް ކޮވިޑަށް ޕޮޒިޓިވް ވި އިރު، ހޯމް މިނިސްޓަރު އަމިތު ޝާހް ހިމެނޭ ގޮތަށް އިންޑިއާ ބައެއް އިސް ސިޔާސީ ބޭފުޅުންވެސް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ.

އިންޑިއާ އަކީ ދުނިޔޭގެ ތިން ވަނައަށް އެންމެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ގައުމެވެ. އިންޑިއާއިން މިހާތަނަށް ދެމިލިއަނަށްވުރެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށް ރިޕޯޓު ކޮށްފައިވާއިރު އެގައުމުން މަރުވި މީހުންގެ އަދަދުވެސް ވަނީ 40 ހާހަށްވުރެން މައްޗަށް އަރައިފައެވެ.