ލ. ގަމު ތުނޑީގައި ކައިރީގައި އޮތް ދޯންޏެއްގައި ރޯވެ އަޑިއަށްދިޔަ ދޯނިން ގެއްލިގެން ހޯދަމުންދިޔަ މީހާ މަރުވެފައި އޮއްވައި ފެނިއްޖެއެވެ.
"ވަން" އަށް ކަށަވަރުވެފައިވާ ގޮތުގައި އޭނާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޮތީ މަރުވެފައެވެ.
ބިދޭސީ މީހާ ގެއްލިގެން އެމްއެންޑީއެފުން ހޯދަން ފަށާފައިވަނީ މިއަދު މެންދުރުފަހު 3:00 ހާއިރެވެ.
އެމްއެންޑީއެފުން ބުނީ ގެއްލުނު ބިދޭސީ މީހާގެ ހަށިގަނޑު ފެނިފައިވަނީ ކަނޑުގެ 46 މީޓަރު އަޑީގައި އޮއްވައި ކަމަށެވެ. އަދި ޑައިވަރުން އޭނާ ނަގައިގެން ލ. ގަން ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ބުނެފައިވެއެވެ.
ރޯވެ އަޑިއަށް ގޮސްފައިވަނީ "ވިންދު" ނަމަކަށް ކިޔާ މުދާ އުފުލާ ދޯންޏެކެވެ. އަދި ދޯނީގައި އަލިފާން ރޯވި އިރު، އޭގައި ދިވެއްސަކާއި ނުވަ ބިދޭސީއަކު ތިއްބެވެ.
އެމްއެންޑީއެފުން ވަނީ ދޯނީގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކޮށްފައެވެ. އަލިފާން ރޯވުމުގެ ސަބަބުން ދޯންޏަށް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު