މިމަހު 27 ގައި ރައްޔިތުންގެ މަޖިލިސް ޗުއްޓީއަށް ދާތީ ކޮމިޓީތަކުގައި ހުރި މަސައްކަތްތައް އަވަހަށް ނިންމުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކޮމިޓީތަކުގެ މުގައްރިރުންނަށް އަންގަވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލިސް ރައީސް ވިދާޅުވީ މިމަހުގެ އެންމެ ފަހު ބުރާސްފަތި ކަމުގައިވާ 27 ވަނަ ދުވަހު މަޖިލިސް ރިސެސްއަށްދާނެ ކަމަށެވެ. މަޖިލީހުގެ ތަޅުމުން މަސައްްކަތް ހުސްވި ނަމަވެސް ކޮމިޓީތަކުގައި ގިނަ މަސައްކަތްތަކެއް ހުރިކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މަޖިިލިސް ރައީސް ވިދާޅުވީ ހެނދުނުގެ ގިނަ ވަގުތުތައްވެސް ކޮމީޓަތަކުގެ މަސައްކަތްތަކަށް ހުސް ކުރައްވައި ރޭގަނޑުވެސް ކޮމިޓީގެ މަސައްކަތްތައް ކުރިއަށް ގެންދަވައިގެން މި ދައުރުގެ މަސައްކަތްތައް ކޮމިޓީން ނިންމެވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
ރައްޔިތުންގެ މަޖިލިސް ހިނގާނެ ގޮތް ލިޔެފައިވަނީ ގާނޫނުއަސާސީގައި ކަމަށާއި މަޖިލީހުގެ ގަވައިދަކީ ގާނޫނު އަސާސީން ބާރު ލިބުގެން ހަދައިފައިވާ އެއްޗަކަށް ވާތީ އެއީ ވެސް ގާނޫނެއް ކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ރައީސުލް ޖުމްހޫރިއްޔާ ތަސްދީގު ކުރައްވަން ޖެހިވަޑައިނުގަންނަވާ ހަމައެކަނި ގާނޫނަކީ އެ މަޖިލިސްގެ ގަވައިދު ކަމަށެވެ.
މަޖިލީހުގެ މަސައްކަތްތައް ތިން ދައުރަކަށް ބެހިގެންދާން ޖެހޭނެ ކަމަށް ގަވައިދުގައި ބުނެފައިވާ ކަމަށާއި އެ ތިން ދައުރު ފެށޭ ގޮތާއި ނިމޭނެ ގޮތް ވެސް ގަވައިދުގައި ބުނެފައިވާއިރު އެނޫން ގޮތަކަށް މަޖިލީހުގެ މަސއްކަތްތައް ކުރިއަށް ގެންދިއުމަކީ މިވަގުތު ހަމަޖެހިފައިވާ ނިޒާމެއް ނޫން ކަމަށްވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ.
މަޖިލީހުގެ ރައީސް
މަޖިލީހުގެ ރައީސް
މަޖިލީހުގެ ރައީސް
މަޖިލީހުގެ ރައީސް