އިމާރާތެއްގެ ހަ ވަނަ ބުރިން ދިވެއްސަކު މީހަކު މަރުވެއްޖެ އެވެ.

ފުލުހުން ބުނީ ހެންވޭރު ގެއެއްގެ ހަ ވަނަ ބުރިން މީހަކު ވެއްޓިފައިވާކަމުގެ ރިޕޯޓެއް ލިބުނީ ރޭ ދަންވަރު 2:39 އެހާކަންހާއިރު ކަމަށެވެ.

އެ ހާދިސާގައި އިމާރާތުގެ މަތިން ވެއްޓި މަރުވެފައިވަނީ 74 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ވެސް ފުލުހުން ބުނެ އެވެ. އޭނާ ގެންގޮސްފައިވަނީ އައިޖީއެމްއެޗަށެވެ.

ނަމަވެސް އޭނާ ވެއްޓުނީ ކިހިނެއް ކަމެއް ނޭނގެ އެވެ. ފުލުހުން ބުނީ، އެ މައްސަލައާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.

މިދިޔަ މަހުގެ ތެރޭގައި ހުޅުމާލޭގެ ފޭސް ދޭއްގައި ހަދަމުން އަންނަ ޓަވަރެއްގެ 14 ވަނަ ބުރިން ވެއްޓިވެސް ބިދޭސީއަކު ވެސް ވަނީ މަރުވެފަ އެވެ. އޭނާ މަރުވީ ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށެވެ.