އިންޑިއާގައި ފަރުވާ ހޯދަމުންދިޔަ 11 މަހުގެ ދިވެހި ކުއްޖަކު މަރުވެއްޖެ އެވެ.
އާސަންދަ ކުންފުނީގެ މީޑިއާ އޮފިޝަލު އާޝިޔާ ސޯލިހް މިއަދު "ވަން" އަށް ވިދާޅުވީ، ނޭވާ ލުމުގެ މައްސަލަަތަކަކަށް ފަރުވާ ހޯދަމުން ދިޔަ އެކުއްޖާ މަރުވީ އިއްޔެ ކަމަށެވެ.
ފަރުވާއަށް އިންޑިއާގެ ކޮޗިންގައި ހުންނަ އަމްރިތާ ހޮސްޕިޓަލަށް އެކުއްޖާ ގެންގޮސްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހު ކަމަށް ވެސް އާޝިޔާ ވިދާޅުވި އެވެ.
ނަމަވެސް ކުއްޖާއާ ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް އާސަންދައިން ހިއްސާކޮށްފައެއް ނުވެ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު