އިންޑިއާގައި އިއްޔެ ހަތް ލައްކަ ކޮވިޑް ޓެސްޓު ހަދައިފިއެވެ.

އިންޑިއާގައި ހަލުވިކަމާއެކު ކޮވިޑްގެ ކޭސްތައް އިތުރުވަމުން ދިއުމާއެކު އެގައުމުން ވަނީ ކޮވިޑަށް ޓެސްޓުކުރުން އިތުރުކޮށް ކެޕޭސިޓީ އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ފަށައިފައެވެ.

އިންޑިއާގައި އިއްޔެ ހަތް ލައްކަ ސާމްޕަލް ނަގައި ކޮވިޑަށް ޓެސްޓުކޮށްފައިވާއިރު ފާއިތުވެދިޔަ 24 ގަޑިއިރުތެރޭ އެގައުމުގެ 53،879 މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައި ވެއެވެ. މިއީ މިހާތަނަށް އިންޑިއާއިން އެއްދުވަސްތެރޭ ކޮވިޑްގެ އެންމެ ގިނަ ކޭސް ފެނިފައިވާ ދުވަހެވެ.

އިންޑިއާގައި ކޮވިޑުން ރަނގަޅު ވާ ނިސްބަތް އުޅެނީ 86.78 އިންސައްތައިގައެވެ.

އިންޑިއާގެ ޔޫނިއަން ހެލްތު މިނިސްޓްރީ އިން ވަނީ ކޮންމެ ދުވަހަކުވެސް އެގައުމުން އެތަކެއް ހާސް ކޮވިޑް ކޭސްތައް ފެންނަމުންދާއިރު އެގައުމުން ކޮވިޑް ޓެސްޓު ހެދުން އިތުރުކުރުމަކީ މިހާރު އެންމެ ބޮޑަށް ކުރަމުން އަންނަ މަސައްކަތް ކަމުގައި ފާހަގަކުރައްވައިފައެވެ.