އިންޑިއާގެ ކޮވިޑް ފެސިލިޓީއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި 10 މީހުން މަރުވެއްޖެ އެވެ.
އިންޑިއާގެ އިރު ދެކުނު ވިޖަޔާވަޑާގައި ވަގުތީގޮތުން ހޮސްޕިޓަލެއްގެ ގޮތުގައި ބޭނުންކުރަމުން އަންނަ ހޮޓަލެއްގައި ހިނގި މިހާދިސާގައި 20 މީހުން މަރުވެފައި ވެއެވެ.
އަލިފާން ރޯވިތާ ބައިގަޑިއެއްހާއިރުތެރޭ ކޮންޓްރޯލްކޮށްފައި ވާއިރު އެފެސިލިޓީގައި ބާކީ ތިބި ކޮވިޑްގެ ބަލި މީހުންވަނީ އެހެން ހޮސްޕިޓަލަކަށް ބަދަލު ކޮށްފައެވެ.
އަލިފާން ރޯވާން ދިމާވި ސަބަބު ހޯދިފައި ނުވީ ނަމަވެސް މިހާރުވަނީ ތަހުގީގު ފަށައިފައެވެ.
މި އަލިފާނުގެ ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށް ބަދަލެއްގެ ގޮތުން ފަސް މިލިއަން ރުޕީސް ދޭނެ ކަމަށް އާންދްރަޕްރަދޭޝްގެ ޗީފް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
މިދިޔަ ހަފުތާގައިވެސް އަހްމަދު އާބާދުގެ ހޮސްޕިޓަލެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި ކޮވިޑް ޖެހިފައިވާ އަށް މީހަކު މަރުވެފައި ވެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ